ކަޑެވާރެހާ

ގދ. ހޯނޑެއްދޫ

ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމަށް

ކަޑެވާރެހާ ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމާ ގުޅޭ ކޮންސެޕްޓު ޕޭޕަރެއް ހޯނޑެއްދޫ ކައުންސިލުން މީގެ ކުރިން ވަނީ އާންމުކޮށްފައި

ގދ.ކަޑެވާރެހާ އިންޓަގްރޭޓެޑު ޓޫރިޒަމަށް ހާއްސަ ކުރުމަށް އެ ރަށް ހޯނޑެއްދޫގެ އިހުތިސޯސުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ކަޑެވާރެހާ ޓޫރިޒަމަށް ހާއްސަ ކުރުމަށް ކުރަންޖެހޭ ކަންތައް ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭ ހޯނޑެއްދޫ އަށް ވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - ރައީސްގެ ގަރާރަކުން ހޯނޑެއްދޫގެ އިހުތިސޯސުން ކަޑެވާރެހާ މިއަދު ވަކިކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމަށް ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.

ހޯނޑެއްދޫގެ އިހުތިސޯސަށް ގެނައި ބަދަލު

ފާހަގަ ކުރެވޭ - ހޯނޑެއްދޫ ކައުންސިންގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކުރި އިރު، ކަޑެވާރެހާ ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހޯނޑެއްދޫ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ.

ކޮންސެޕްޓު ކަރުދާހަކާއެކު މިދިޔަ އަހަރު އެ ކައުންސިލުން އާންމުކޮށްފައިވާ ގޮތުން:

  • ކަޑެވާރެހާގައި 100 ވިލާ ތަރައްގީ ކުރާނެ 

  • އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއް އަގެއްގައި ކޮޓަރި ވިއްކައިގެން %70 އޮކިޔުޕެންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ 

  • ސާފު ފައިދާގެ ގޮތުގައި 19-22 މިލިއަން އާ ދެމެދުގެ އަދަދެއް ލިބޭނެ 

  • %50-%40ގެ ޕްރޮފިޓް މާޖިންއެއް ލިބޭނެ 

ކޮމެންޓް (1)

ސިކުނޑި

7 އޭޕްރީލު 2025
ގަރާރުތަކުގެ ބަހުރުވަ ބަދަލުކޮށް ކަމެއް ކުރާއިރު އެކަމެއް ކުރާ ސަބަބާއި އޭގެ މަގުސަދާއި އެއިން ހާސިލުވާނެ އެއްޗެއް ބުނެދޭންޖެހޭ! ރަށް ދީފަ އަތުލާފަ، އެއާޕޯޓު ހަދަން ފަށާފަ އެހެން ތަނަކަށް ބަދަލުކޮށް މިކަހަލަ ސަަކަރާތް ޖަހަން ފުރުސަތު ދެވިގެން ނުވާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް