ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، 15 ސެޕްޓެމްބަރު 2021، (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

މެތު ލިބެނީ ހިލޭ، ސަޕްލައިކުރާ ގޮތެއް ނޭނގޭ: މިނިސްޓަރު

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެ، ނުރައްކާތެރި ޑްރަގްގެ ބާވަތްތައް ބޭނުންކުރުން ވަނީ އިތުރުވެފައި
15 ސެޕްޓެމްބަރު 2021
1

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ މެތަމްފެޓަމައިން (މެތު) ރާއްޖެއަށް ވަރަށް ފަސޭހަ ކަމާއެކު އެތެރެވެ، ހިލޭ ލިބެން ހުންނަ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީސްޓްރަކްޗާ ކުރުމާ ގުޅޭ މައުލޫމާތު މިއަދު މަޖިލީހަށް ދިނުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގެ ސެޝަންގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ނަސީމް ވިދާޅުވީ މެތު ރާއްޖެއަށް އެތެރެވާ ގޮތް ޓްރެކް ކުރެވެން ޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން "މެތު ޓްރާންސްފާވާ" ކަމަށް ވެސް ބެލެވޭ ކަމަށެވެ.

"މިސާލަކަށް މެތަފެޓަމައިން ރާއްޖޭގައި ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް ގިނަ ވެއްޖެ. އެ ބާވަތުގެ މަސްތުވާތަކެތި ވަރަށް ގިނަ މީހުން ބޭނުން ކުރާކަން ޕޮލިހުންގެ ޑޭޓާ އިންވެސް އެނގޭ،" ސަފިއްޔާ ވިދާޅުވި އެވެ.

މެތު މިހާރު މި ތަނުން މިހާރު މި ލިބެނީ ހަމަ ހިލޭ. އެއީ ކޮން ތާކުން ކަމެއް ސަޕްލައިކޮށްގެން އުޅެނީކީ އަޅުގަނޑަކަށް ނޭނގޭ

ހެލްތު މިނިސްޓަރު، އަހްމަދު ނަސީމް

ބާރުދޭ ވާހަކަތަކެއް - އެ ސެޝަންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވެސް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު މީގެ 10 އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި މަސްތުވުމަށް ގިނައިން ބޭނުން ކުރީ ގުދުރަތީ އެކި މާއްދާތަކުން އުފައްދާފައި ހުންނަ މަސްތުވާތަކެތި ނަމަވެސް، މިހާރު ބޭނުން ކުރަނީ ކެމިކަލް ބާވަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މިހާރު ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް މަސްތުވާތަކެތި ގެންނަ މިންވަރު ވެސް އިތުރުވެފައިވާކަން ސަފިއްޔާ ފާހަގަކުރެއްވި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް) 

ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު:

  • މިހާރު 17 އަހަރާ 68 އަހަރާ ދެމެދުގެ މީހުން މަސްތުވާތަކެތި ބޭނުންކުރޭ

  • މިހާރު ގިނައިން ބޭނުންކުރަނީ ކެމިކަލް ބާވަތްތައް

  • މަސްތުވާތަކެތި އެތެރެކުރާ ގައުމުތައް ވަނީ ބަދަލުވެފައި

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ދާލު

15 ސެޕްޓެމްބަރު 2021
ސަރުކާރުގެ އިސްވެރިން ކުރާކަމެއްކަން އެއީ ބޮޑު އެންމެންދަންނަ ސިއްރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް