އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި: އުސޫލުން ބޭރުން ކޮމިޝަންގެ މެމްބަރުނ ކަންކުރަމުންދާ ކަމަށް ބުނެ ކޮމިޓީ ބައްދަލުވުމެއް ވަނީ ތާވަލްކޮށްފައި (ފޮޓޯ/މަޖިލިސް)

އޭސީސީ

ވަކިކުރުމުގެ މަރުހަލާ ފަށާފައިވަނިކޮށް، އުސޫލުން ބޭރުން އޭސީސީގެ މެންބަރުން އަމަލު ކުރަމުންދާ ކަމުގެ ތުހުމަތު

އެ މައްސަލައިިގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ވަނީ ތާވަލްކޮށްފައ

މެންބަރުކަމުން ވަކި ކުރުމުގެ މަރުހަލާ ފަށާފައިވަނިކޮށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިއްބެވި މެންބަރުން އުސޫލުން ބޭރުން ކަންކަން ކުރަމުންދާ ކަމުގެ ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެނގުން މުހިންމު - އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާތީވެ، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން އެ ކޮމިޝަންގެ ބެލެނިވެރިކަމުގެ އިހްތިސާސް ލިބިފައިވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިިމަހު ނުވަ ވަނަ ދުވަހު ވަނީ ފާސްކޮށްފައި އެވެ. 

ވަކިކުރުމަށް ކުރަމުން އަންނަ މަސައްކަތް:

  • ދައުރުން ބޭރުން މިިދިޔަ ހަފްތާގައި ޖަލްސާއެއް ބާއްވާ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފެށިކަން ތަޅުމުގައި ވަނީ އިއުލާންކޮށްފައި

  • އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް މިދިޔަ ހަފްތާގައި ވަނީ ދީފައި

  • އެ މުއްދަތު ހަމަވަނީ އަންނަ އާދިއްތަ ދުވަހު

ވީ ކިހިނެއް؟ - އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަށްޓަކައި ޖަވާބުދާރީވުމަށް ވަކި މުއްދަތެއް ދީފައި ވަނިކޮށް، ކޮމިޝަންގެ އުސޫލާ ހިލާފަށް އެ މެމްބަރުން ކަންކަން ހިންގާ ކަމުގެ މައުލޫމާތު ލިބިގެން ކޮމިޓީގެ ތިން މެންބަރު ވަނީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ތިން މެމްބަރަކު ވަނީ އެދިވަޑައިގެންފަ އެވެ.

ތިން މެމްބަރުން އެގޮތަށް އެދުމާއެކު، އޮންލައިންކޮށް ކޮމިޓީގެ ކުއްލި ޖަލްސާއެއް މިރޭ 8 ޖަހާއިރު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ފަސް މަންޒަރު - އޭސީސީގެ ހުރިހާ މެންބަރުން  ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމީ އޮޑިޓް އޮފީހުން ހެދި އެ ކޮމިޝަންގެ ޕާފޯމަންސް އޮޑިޓާ ގުޅިގެންނެވެ. އެ އޮޑިޓުން އެނގުނު ގޮތުގައި އޭސީސީއަށް މައްސަލައެއް ތަހުގީގުކުރުމަށް އެވްރެޖުކޮށް 11 މަސް ނަގަ އެވެ. އަދި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވެނީ %1 މައްސަލަ އެވެ.

މިހާރު އެ ކޮމިޝަންގައި ތިއްބެވީ އެންމެ ތިން މެމްބަރުންނެވެ. ދެ މެމްބަރަކު ވަނީ މިފަހުން އިސްތިއުފާ ދެއްވާފަ އެވެ. މިހާރު ތިއްބެވި މެންބަރުންނަކީ:

  • މަރިޔަމް ޝިއުނާ - ރައީސް

  • ފާތުމަތު އަނޫލާ - ނައިބު ރައީސް

  • އައިޝަތު އަބްދުﷲ

އިތުރު އާޓިކަލް

އިތުރު އާޓިކަލް