ވީއައިއޭއިން ގިނަ އަދަދެއްގެ ސިނގިރޭޓު ނެރެން އުޅުނު ކަމަށް ބުނާ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން. (ފޮޓޯ ޕޮލިސް)

ފުލުހުން

ވީއައިއޭއިން ވަގަށް ސިނގިރޭޓު ބޭރުކުރުން: ކޯޓުން 2 މީހުން ދޫކޮށްލައިފި

ފުލުހުން ވަނީ ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު މިއަދު ހާމަކޮށްފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއް ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ނެރެން އުޅުނު މައްސަލައިގައި ދެ މީހަކު ރޭ ހައްޔަރު ކުރި ކަމަށާއި ނަމަވެސް އެ ދެ މީހުން ވެސް ކޯޓުން މިއަދު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޑިޕާޗާ ހޯލުން ޑަސްޕިން ކޮތަޅުތަކަށް އަޅައިގެން ވަގަށް ސިނގިރޭޓު ކާޓޫންތަކެއް ނެރެން އުޅުނު މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ރޭ ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ކަސްޓަމްސްގެ ފަރާތުން އިއްޔެ އިރުއޮއްސި 6:20 ހާއިރު ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.

ތަފްސީލު - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރު ކުރި ކަމަށެވެ. އެއީ:

  • އަހްމަދު އަފްސަލް 48، މ. ސިލްވާ ނެސްޓް

  • ޔޫސުފް ނަޒީރު 38، ދަފްތަރު ރސ. 14358

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ މިއަދެވެ. ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުން ވެސް ކޯޓުން ދޫކޮށްލީ ޝަރުތުތަތަކާ އެކު އެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތުވާ އެކަކީ ފުލުހުންގެ އޮފިސަރެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެ ވާހަތަކާ ގުޅިގެން ފުލުހުން ވެސް އަދި ކަސްޓަމްސްއިން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް (2)

ނަންވާނީ ކޯޓު

27 މާރިޗު 2025
ކޯޓަށް ގެންދިޔަކަން ދެނަހުރީ ކާކު
0 0

އާލަމް

26 މާރިޗު 2025
ކިޔާއުޅެނީ ޕޮލިސް އިންޓެލްގެ ހެޑެކޯ! ޢެހެންވީމަ ގޭގެ އިސްމީހުންގެ ކަމެއް ގޭގެ ޅަކުދިންނާ ހަވާޅުކުރީމަ ތަހުގީގު ނިމޭނެގޮތް މާރަނގަޅަށްވެސް އިނގޭނެދޯ މިޤައުމުގަ މާގަދަފަދަ ބާރުތަކެއް އެމީހުންނަށް ދީގެން އުޅޭމީހުންގެހާލަތު ފެނޭތޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް