ވީއައިއޭގެ ޑީޕާޗާ ޓާމިނަލް ކައިރީ އާންމުން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކަސްޓަމްސް

ވީއައިއޭއިން ޑަސްބިން ކޮތަޅަށް އަޅައިގެން ވަގަށް ސިނގިރޭޓު ކާޓޫނުތަކެއް ނެރެން އުޅުނު މައްސަލައެއް ބަލަނީ

ސިނގިރޭޓު ކާޓޫނުތައް ފެނުނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު

ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) އިން ވަގަށް ސިނގިރޭޓް ކާޓޫނުތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުންދާ ކަމަށް ކަސްޓަމްސްއިން މިރޭ ބުނެފި އެވެ.

ތަފްސީލް - ކަސްޓަމްސްއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން މި ތަކެތި ވަގަށް ގެންދަން އުޅުނީ، ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ޑަސްބިން ކޮތަޅުތަކެއްގަ އެވެ. 

އެކަން ހިނގީ ކޮންއިރަކު ކަމެއް އަދި އެއީ ކިތައް ސިނގިރޭޓު ކާޓޫނު ކަމެއް ހާމަނުކޮށް ކަސްޓަސްއިން ހަނައެކަނި ބުނީ:

  • ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު ސިނގިރޭޓް ކާޓޫނުތަކެއް ފެނިފައިވާ ކަމަށް

  • އެ މައްސަލަ ކަސްޓަމްސްއިން ތަހުގީގުކުރަމުން އަންނަ ކަމަށް

ކަސްޓަމްސް އޮފިޝަލަކާ 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ، ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ މިވަގުތަށް މައުލޫމާތު ހާމަ ކުރެވެން ހުރީ މި މިންވަރަށް ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި:

  • ވަގަށް ބޭރުކުރަން އުޅުނު ސިނގިރޭޓު ކާޓޫނުގެ އަދަދު 140އަށް އަރާ

  • އެއީ ޑީޕާޗާ ޓާމިނަލްގެ ޑިއުޓީ ފްރީ ފިހާރައިން ނެރުނު ތަކެތި؛ ސިނގިރޭޓު ނެރުނު ކަމަށް ތުހުމަތު ކުރަނީ އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކަށް

މި ވާހަކަތަކާ ގުޅޭ ގޮތުން ކަސްޓަމްސްގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް