ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ބައެއް ދާއިރާތަކުގެ މެމްބަރުންނާ އެކު މިދިޔަ ޖެނުއަރީގައި ބޭއްވި ބައްދަލުވުމެއް.

އައްޑޫ ކަރަންޓު މައްސަލަ ހައްލެއް ނުވި؛ ނަޖާހު ވިދާޅުވި ގޮތަށް އިސްތިއުފާ ދެއްވާ: އަޒާން

އަޒާން ވިދާޅުވީ ރޯދައިގެ ކުރިން އައްޑޫ ކަރަންޓުު މައްސަލަ ހައްލުނުވެއްޖެނަމަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު، އެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ގާތުގައި ވިދާޅުވި ކަމަށް

ރޯދަމަސް ނިމިގެންދާއިރު ވެސް އައްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުނުކުރެވޭތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވި ގޮތަށް އެ މަގާމުން އިސްތިއުފާ ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މިރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށްޓަކައި ފެނަކައިން ހިންގާ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އެކި ރަށްތަކުން ކަރަންޓު ކަނޑަމުން އަންނަތާ ހަ ވަރަކަށް މަސް ވެއްޖެ އެވެ.

ބުނީ ކީކޭ؟ - އަޒާން 'ދައުރު'އަށް ވިދާޅުވީ ރޯދައިގެ ކުރިން އެ މައްސަލަ ހައްލުނުވެއްޖެ ނަމަ އިސްތިއުފާދެއްވާނެ ކަމަށް ނަޖާހު ވިދާޅުވެފައިވާ ކަމަށެވެ.

ނަޖާހު އެހެން ވިދާޅުވީ 11 ފެބްރުއަރީގައި އޭނާއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. އަޒާން ވިދާޅުވީ މައްސަލަ ހައްލުނުވެއްޖެނަމަ ނަޖާހުގެ އިތުރުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް ވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

ތަފްސީލު - ފާއިތުވެދިޔަ ހަ މަސް ދުވަހު އައްޑޫއިން ކަރަންޓު ކަނޑާފައިވާ މިންވަރު ފެންނަ ތަފާސްހިސާބު ވެސް އަޒާން ވަނީ 'އެކްސް'ގައި ހިއްސާކުރައްވާފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި:

  • 175 ދުވަހުގެ ތެރެއިން 84 ދުވަހު ކަރަންޓު މެދުކެނޑުނު؛ އެއީ ގާތްގަނޑަކަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަސް

  • ފެބްރުއަރީއަށް އެކަނި ބެލިޔަސް %75 ދުވަހު ގަޑިއިރަކަށް ވުރެ ގިނަ ވަގުތު ކަރަންޓު މެދުކެނޑުނު

ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން ކަރަންޓު މެދުކެނޑުނު ދުވަސްތަކުގެ އަދަދު:

  • އޮކްޓޫބަރު 2024 - 10 ދުވަސް

  • ނޮވެމްބަރު 2024 - 8 ދުވަސް

  • ޑިސެމްބަރު 2024 - 13 ދުވަސް

  • ޖެނުއަރީ 2025 - 16 ދުވަސް

  • ފެބްރުއަރީ 2025 - 21 ދުވަސް

  • މާޗު 2025 - 16 ދުވަސް (ފުރަތަމަ 24 ދުވަހުގެ ތެރެއިން)

އަޒާން ވިދާޅުވީ މިހާ ގިނައިން ކަރަންޓު ކެނޑި، އާންމު ދިރިއުޅުމަށް ބުރޫއަރައި، މިލިއަނުން އަގުކުރެވޭ މުދަލަށް ގެއްލުން ލިބެމުންދާއިރު ވެސް އައްޑޫ ރައްޔިތުން ކެތްތެރިކަން އިސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހައްލުނުވުމުންނާއި ރޯދައިގެ ކުރިން ހައްލުނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ނަޖާހު ވިދާޅުވެފައިވާތީ އެ ވަގުތު ޖެހިއްޖެކަން ފާހަގަކޮށް އަޒާން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް (4)

ތެފައާސާ.

25 މާރިޗު 2025
އިސްތިއުފާއޭ؟ ހެހެ. އަސްލު އިސްތިއުފާ މި ބަސް ދިވެހި ބަސްކޮށާރުގައި އޮންނާތީވެސް އަހަރެން އަންތަރީސްވޭ!!
1 0

ޙަސަން

25 މާރިޗު 2025
އަޒާން ހާދަ ފެންމައްޗަށް އަރައިގެން ތިއުޅެނީ؟ ކައޭވެސް އިސްތިއުފާ. ބަޔަކު ކަންކަން ރަނގަޅުކުރަން އުޅޭކަން އެނގޭއިރުވެސް މަ ގައްޑާ ވާން ތިއުޅެނީ.
0 1

ވިލް

25 މާރިޗު 2025
ހައްލު ނުވަނީތޯ ނުވަތަ ބަޔަކު ޖެއްސުން ކުރަނީތޯ؟ މިއީ މިހާރު އުފެދޭ ސުވާލެއް
0 2

ޙަށީ

25 މާރިޗު 2025
އައްޑޫ އިންޖީނުގޭ މީހުން ގަސްތުގަކުރާކަމެއް. އެމީހުނަ ބޭނުން ވަނީ ތިތަން ސްޓެލްކޯ އާއި ހަވާލުކުރަން.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް