އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހަފްލާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 3،316 މީހަކަށް ލިބިގެންވާކަމަށް އިލެކްޝަންސް އިން ބުނޭ
22 ޑިސެމްބަރު 2021

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އެނގުން މުހިންމު - ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ހުސެއިން ވަހީދު މިދިޔަ ހަފްތާގައި އަވަހާރަވުމާ ގުޅިގެންނެވެ. ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހުސައިން ވަހީދު އަވަހާރަވުމާ އެކު، މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ބައި އިލެކްޝަން އިއުލާންކޮށް، މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.

ތަފްސީލް - އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ 3،316 މީހަކު ހިމެނެ އެވެ. އެއީ:

  • ކޮމަންޑޫން - 1409 މީހުން 

  • ފޯކައިދޫން - 1204 މީހުން 

  • މަރޮށިން - 703 މީހުން

އިލެކްޝަންސް އިން ބުނީ ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ 2ގެ މެންދުރުފަހު 2އާ ހަމައަށް، އީމެއިލް މެދުވެރިކޮށް ކަމަށެވެ. އީމެއިލް ކުރާނީ:

މިހާތަނަށް އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީން ވަނީ އެ ގޮނޑިއަށް ވާދަކުރާނެކަން އިއުލާނުކޮށް ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފަ އެވެ. ދާއިރާގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ސުންގަޑި ހަމަވާނީ މި މަހުގެ 30 އަށެވެ. އިންތިހާބު އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 5ގަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް