އިމިގްރޭޝަންގެ ހިޔާނާތުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން(ފޮޓޯ./ފުލުހުން)
އިމިގްރޭޝަންގެ ހިޔާނާތުގައި އިތުރު މީހަކު ހައްޔަރުކޮށްފި
ބިދޭސީންގެ އަތުން މަގާމުގެ ނޫފުޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި އިމިގްރޭޝަންގެ އިތުރު މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ. އެއާ އެކު، މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ތަހުގީގާ ގުޅިގެން ޝަމްއާން އާއި އިތުރު ތިން މީހަކު މީގެ ކުރިން ހައްޔަރުކުރި އެވެ.
ތަފްސީލް - ފުލުހުން ރޭ ދަންވަރު ބުނި ގޮތުގައި، މި މައްސަލާގައި އިތުރު މީހަކު ވެސް އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު ލައްސާން، 40، މ. ހަޒާރީވިލާ އެވެ.
އެއާ އެކު، ފުލުހުން ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންގެ ވަނަވަރު ވެސް ރޭ އާންމުކޮށްފަ އެވެ.
މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރީ:
-
ޝަމްއާން، 36، ގ. ލިޓޯނިޔާ
-
ލައްސާން، 40، މ. ހަޒާރީވިލާ
-
މުހައްމަދު އަލްސަން އިސްމާއިލް، 21، މޫނިމާގެ/ތ. ބުރުނި
-
އިބްރާހިމް އަހުމަދު، 37، ގ. ހެޕީސައިޑް
-
ހަސަން ސަހެޝާން، 47، ގ. ހެޕީސައިޑް
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލައިގެ ތަހުގީގަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އެ ގެއިން 500،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އަދި ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުން ވަނީ ޝަމްއާން ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ޝަމްއާންއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި:
-
ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުން
-
ބަދަލުގައި އެ މީހާގެ އަތުން 500،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ނެގުން
ކޮމެންޓް (3)
އުސްތާޒް
ކިޔުންތެރިޔާ
ސިކުނޑި