އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ކުއްޖާގެ ކަރާމަތް ނަގާލި ކަމަށް ބުނެ ސާޖިދާ އާއި އާޒިމާގެ މައްސަލަ އެމްޑީޕީން ހުށަހަޅަނީ

އެމްޑީޕީން މިއަދު ވަނީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުއްޖާގެ މައުލޫމާތު ހާމަކޮށް ކުއްޖާގެ ކަރާމަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ އެކަން ކުށްވެރިކޮށްފައި

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގާނޫނީ ވަކީލު އާޒިމާ ޝަކޫރާ ދެކޮޅަށް ކުޑަކުއްޖެއްގެ ކަރާމަތް ނަގާލި ކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަކުރެއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ގާނޫނީ ޓީމުން ބުނި ގޮތުގައި، އެ މައްސަލަ ފުލުހުންގެ އިދާރާގެ ދަށުން މައްސަތްކަތް ކުރަމުންދާ އެފްސީޕީޑީ އަށާއި ޖެންޑާ މިނިސްޓްރީގެ ދަށުން އެ ބާވަތުގެ މައްސަލަތައް ބަލަން އޮންނަ ފެމިލީ އެންޑް ޗިލްޑްރަންސް ޑިޕާޓުމަންޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި ވަކީލު އަހުމަދު މައުރޫފް ވިދާޅުވީ ކުޑަކުއްޖެއްގެ ކަރާމަތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަގާލާފައިވަނީ އެމްޑީޕީގެ މުޒާހަރާގައި މީހަކު ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެ ކަމަށެވެ. އެކަމަކު އެ މުޒާހަރާގައި އެ ވާހަކަ ދެއްކި މީހާ އެ ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް، އެ ކުއްޖާގެ ނަން ފަދަ ޒާތީ މައުލޫމާތު ހާމަވާނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • އެ ކުއްޖާގެ އެ މައުލޫމާތު ހާމަވީ ކުއްޖާގެ މަންމަގެ ފަރާތުން ކަމަށް ބުނެ ގާނޫނީ ވަކީލު އާޒިމާ ހާމަކުރެއްވި މައުލޫމާތުތަކުން

  • އެ މައުލޫމާތުތަކުގައި އެ ކުއްޖާގެ ނަމާއި އުމުރު ހިމެނޭހެން ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކޮށްފައިވޭ؛ އޭގެ ކުރިން އެ މައުލޫމާތެއް ނޭނގޭ

  • އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުއްޖާގެ މައުލޫމާތު ހާމަކޮށް، ކުއްޖާގެ ކަރާމަތަށް ގެއްލުންވާ ގޮތަށް އަދި އެ ކުއްޖާއަށް ނުރައްކާވާ ގޮތަށް އަމަލުކޮށްފައިވާތީ އެކަން ކުށްވެރިކުރަން

"އެ ކުއްޖާގެ މަންމަ އާއި އެ ކުއްޖާގެ މަންމަގެ ފަރާތުން ކަމަށް ބުނެ ވާހަކަދެއްކި ގާނޫނީ ވަކީލުގެ މައްސަލަ އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް މިހާރު ވާނީ ނިންމާފައި،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ގައުމުގެ ބޮޑެތި މައްސަލަތަކުގެ ސަމާލުކަން އަނބުރާލުމަށް މުޒާހަރާއެއްގައި މީހަކު ދެއްކި ވާހަކައަކާ ގުޅުވައި ލިބުނު ފުރުސަތެއްގައި "ވިކްޓިމް ކާޑު ކުޅުމަށް" ރައީސް މުހައްމަދު މުއިއްޒުގެ އާއިލާއިން ކުރެއްވި ކަމެއް ކަމަށެވެ.

މައިންބަފައިން ވިޔަސް ކުޑަކުދިންގެ ނަމާއި އަނބުރަށް ހުތުރުވާ ގޮތަށް ސިޔާސީ ކަންކަމުގެ ތެރެއިން ކަންކަން ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެނގުން މުހިންމު - އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދަރިކަނލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ރައީސްގެ ދަރިކަލަކު ވޭޕް ބޭނުންކުރުމާ ވިދިގެން ވޭޕް ރާއްޖޭގައި މަނާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކުގެ މައްސަލާގައި ސާޖިދާ ވަނީ މަރިޔަމް ޒުބައިރުގެ މައްޗަށް މަދަނީ ދައުވާކުރަން ނިންމަވާފަ އެވެ. 

ސާޖިދާގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެކަން ހާމަކުރެއްވީ މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ އެވެ. އެ ބައްދަލުވުމުގައި އާޒިމާ އިއްވެވި ސާޖިދާގެ ބަޔާނުގައި އެ ކުއްޖާގެ ނަމާއި އުމުރު ފަދަ މައުލޫމާތުތައް ވަނީ ހާމަކޮށްފަ އެވެ.

ދަރިކަނލުންނަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި ސާޖިދާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކުން ކުރަމުންދާ މިފަދަ ކަންތަތަކުގެ ސަބަބުން އެ ކުއްޖާގެ ތައުލީމަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އަދި މީގެ ސަބަބުން އޭނާގެ ކަރާމަތަށާއި ރައްކާތެރިކަން ވެސް އުނިކަން އައިސްފައިވާކަން ފާހަގަކުރައްވާފައިވެ އެވެ.

ކޮމެންޓް (3)

ޒިމާމް

18 މާރިޗު 2025
ރާއްޖޭގެ ބޮޑެތި މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް އަމިއްލަށް ދަރިފުޅުގެ މައުލޫމާތުވެސް އާއްމުކުރީ. ރައީސް ނަޝީދާ ލައިލާމެންވާ ކެތްތެރި. އެމީހުންގެ ދަރިންނާ ގުޅޭގޮތުން ވައްކަމުގެ ފިކުރުން ނުފަތުރާ ނަފްރަތެއް ނެތް.
1 3

ފެކްޓް

18 މާރިޗު 2025
ކެކެކެކެ.... މިވަރު ގަމާރުވީމާ އެއީ ބޮޑުވަރު އާޒިމާ. އުފެދުމުގައި އަމިއްލައަށް ބާޠިލްވެފަ މިއޮތީ. ލޮލް
1 2

ބެއްޔާގެ ދަރި

19 މާރިޗު 2025
@ފެކްޓް ހަމަ އެންމެ ލޯލާރިއެއް ވެސް ދައުލަތުން ދައްކަން ނުޖެހޭނެއޭ ބުނެ ޖީއެމްއާރު އެގްރީމެންޓް ބާތިލްކޮށްލި މީހެއް އާޒިމާއަކީ. އެކަމަކު އެންމެ ފަހުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް