ހުސްނުއްސުއޫދު - (ފޮޓޯ/ ރައީސް އޮފީސް)

ހުސްނުއްސުއޫދު

އިސްތިއުފާ ގަބޫލުނުކޮށް ސުއޫދުގެ މައްސަލަތައް ބަލަން ނިންމައިފި

މިއަދު ހެނދުނު ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިއްޔެ ޖޭއެސްސީގެ މެންބަރުންނަށް ފޮނުވި މިއަދު މެންދުރުފަހު 1 ޖަހާއިރު ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި ހަތަރު މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމަން ހިމަނާފައިވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ހެނދުނު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ އިސްތިއުފާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލިބިފައި ނުވާތީ، އިސްތިއުފާ ގަބޫލުނުކޮށް ސުއޫދުގެ އިތުރު މައްސަލަތަކެއް ބަލަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ވީކިހިނެއް؟ - މިއަދު ހެނދުނު ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިއްޔެ ޖޭއެސްސީގެ މެންބަރުންނަށް ފޮނުވި މިއަދު މެންދުރު ފަހު 1 ޖަހާއިރު ބާއްވާ ބައްދަލުވުމުގެ އެޖެންޑާގެ ކަންކަން ދައުރު'އަށް ވަނީ އެނގިފަ އެވެ.

  • ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ ސުއޫދު ސަސްޕެންޑްކޮށްފައިވާތީ ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާނެ ފަނޑިޔާރަކާ ގުޅޭ ގޮތުން މަޝްވަރާކުރުން

  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކާ ގުޅިގެން ގޮތެއް ނިންމުން؛ ސުއޫދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ވަކި އައިޓަމެއް ގޮތަށް އެޖެންޑާކޮށްފައިވޭ

  • ޖޭއެސްސީގައި ރައީސް ތަމްސީލްކުރެއްވި ކުރީގެ މެންބަރު މުހައްމަދު ސަމީރު ހިމެނިވަޑައިގެންނެވި ކޮމިޓީތަކަށް މެންބަރަކު ހަމަޖެއްސުން

ތަފްސީލް - މިއަދު މެންދުރު ފަހު ބައްދަލުވުމުގައި ސުއޫދުގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ނިންމީ:

  • ސުއޫދުގެ އިސްތިއުފާ ސިޓީ ޖޭއެސްސީއަށް ލިބިފައި ނުވާތީ ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކުރައްވައި ސުއޫދު ފޮނުވި އިސްތިއުފާގެ ސިޓީ ޖޭއެސްސީން ގަބޫލު ނުކުރުމަށް

  • ޖޭއެސްސީން އެ ގޮތަށް ނިންމީ ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާއަށް ބެލުމަށް ފަހު؛ އެ ގާނޫނުގައި ވަނީ ފަނޑިޔާރަކު އިސްތިއުފާ ދޭން ބޭނުންވާ ނަމަ އިސްތިއުފާގެ ސިޓީ ޖޭއެސްސީން ފޮނުވުމުން ފަނޑިޔާރުކަމުން ވަކިވާނެ ކަމަށް

  • ސުއޫދުގެ ސިޓީ އަދި ޖޭއެސްސީއަށް ނުލިބޭތީ އޭނާ ފަނޑިޔާރުކަމުން ވަކިނުވާ ކަމަށް ނިންމައި، އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ބަލަން ޖެހޭ ކަމަށް

މި މައްސަލަތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އެނގުން މުހިންމު - ސުއޫދުގެ ހަތަރު މައްސަލައެއް ބަލަން ޖޭއެސްސީން މިއަދު ނިންމިއިރު އޭނާގެ މައްސަލައެއް ބަލަން މިދިޔަ މަހު 26 ވަނަ ދުވަހު ވެސް ނިންމި އެވެ.

ސުއޫދުގެ އިތުރުން މަހާޒު އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރުގެ މައްސަލައެއް ބެލުމަށް ވެސް ކޮމިޝަނުން އޭރު ނިންމާފައިވެ އެވެ. އެގޮތުން:

  • ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ ސުއޫދު ސަސްޕެންޑްކޮށްފައިވާތީ ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާނެ ފަނޑިޔާރަކާ ގުޅޭ ގޮތުން މަޝްވަރާކުރުން

  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކާ ގުޅިގެން ގޮތެއް ނިންމުން؛ ސުއޫދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ވަކި އައިޓަމެއް ގޮތަށް އެޖެންޑާކޮށްފައިވޭ

  • ޖޭއެސްސީގައި ރައީސް ތަމްސީލްކުރެއްވި ކުރީގެ މެންބަރު މުހައްމަދު ސަމީރު ހިމެނިވަޑައިގެންނެވި ކޮމިޓީތަކަށް މެންބަރަކު ހަމަޖެއްސުން

މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ. ޖޭއެސްސީން ބުނި ގޮތުގައި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ފަނޑިޔާރުންނަށް ތުހުމަތުވާ މައްސަލަތަކެއް ބަލާކަން ޖޭއެސްސީއަށް އެންގުމުންނެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ނިންމީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން އަޑުއެހުމެއް އެ ދުވަހު ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގައި ސަސްޕެންޝަންގައި ނެތް ފަނޑިޔާރުންގެ އަދަދަކީ ހަތަރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ. އެހެންވެ، މި ވަގުތަށް ގާނޫނުއަސާސީގެ މައްސަލަ އެ ވަނީ ހުއްޓިފަ އެވެ.

ކޮމެންޓް (3)

އބރހ

5 މާރިޗު 2025
އިސްތިއުފާގެ ސިޓީ އެމްޑިޕީން ލިޔެފަދިން ގޮތަށް ނޫސްތަކަށް ފޮނުވިއިރު ފުންނާބު އުސް ތަޖުރިބާކާރު ފަނޑިޔާރަށް ގާނޫނު އަސާސީގައި ވުޖޫދުނުވާ، ހިޔާލީ މާއްދާތަކަށް ހަވާލާދެވުނުއިރުވެސް ނޭނގުނު، އަދި އިސްތިއުފާގެ ސިޓީ ފޮނުވަންޖެހެނީ ކޮންފަރާތަަށްކަންވެސް ނޭނގުނު. ދައުރުނޫހުންވެސް ސިޓީ ފޮނުވާފަައިވަނީ ނުބައިކޮށްކަން ބުނާކަށް ހަބަރުގައި ނުކެރުނު.
2 0

ކިރަމަނަ

4 މާރިޗު 2025
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީގެ މިނިވަންކަން މިއޮތް ފެނުނީ. ރާއްޖޭގެ އިންސާފެއް ނުލިބޭނެ. ސިޔާސީ ޕާޓީތަކުގެ ކޮންޓްރޯލް މުޅި ޝަރީއަތާ ގުޅޭ ކޮމިޓީތަކާ ހުރިހާ ކަމެއްގައި. ސްޕްރީމް ކޯޓާ ފުރަތަމަ ކުޅެން ފެށީ 2013 ގައި 5 ފަނޑިޔާރުންނަށް މަދުކޮށްގެން. މިފިކުރު އަންނަ ކޮންމެ ފަހަރެއްގައި އެންމެ ފުރަތަމަ ކަނޑައެޅު އަދަދު 7 ފަނޑިޔާރުން ފަހަކަށް ބަދަލުކުރޭ އެމީހުން ހިތްހަމަނނުޖެހޭ ހުކުމް އަންނަންޏާ. ދައުލަތް ލޫޓްވާ ފިކުރު މިހާރު މިއޮތީ
1 0

ސިކުނޑި

4 މާރިޗު 2025
ސަރުކާރަށް ކާމިޔާބު ނުވާނެ ހަނގުރާމައެއް ކުރަން އުޅުމަކީ ގޯހެއް! ނަޝީދުގެ ވެރިކަން ވެއްޓުނީވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ކަމެއްގައި! ސަރުކާރުގެ ކަންކަން ބުއްދި ފުރިހަމަވެފައިވާ ހެޔޮލަފާ ހިކުމަތްތެރި މީހުންގެ ލަފަޔާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަދުގެ ސަރުކާރަށް ގޮވާލަން! މަޖިލިސް މެޖޯރިޓީ ލިބުމަކީ ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަން ދެވޭ ލައިސަންސްއެއްނޫން!!
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް