ހަތަރު ގައުމަކަށް ކަނޑައަޅަން ފޮނުވާފައިވާ ނޮން ރެސިޑެންޓް ސަފިރުން. (ކ) ލުއޭޒް، އިރުތިޝާމް، ޝަބީނާ، ގީލާ
އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފި
ރާއްޖޭން އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް، ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ތަފްސީލް - ރައީސް ފޮނުއްވީ:
-
ރާއްޖޭން ބުރުނާއީއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހްމަދު
-
ރާއްޖޭން ނެދަލޭންޑްސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ބެލްޖިއަށްއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގީލާ އަލީ
-
ރާއްޖޭން ފްރާންސަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ޔޫކޭއަށް ކަނޑައަޅާފައި ހުންނަ ސަފީރު އިރުތިޝާމް އާދަމް
-
ރާއްޖޭން އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ލުއޭޒް
މި މައްސަލަ މިހާރުވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.
ގުޅުންހުރި - އިތުރު ފަސް ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރަން ރުހުން ހޯދަން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ބޫޓާން
-
ކުވޭތު
-
ސުވިޒަލޭންޑް
-
ކެނެޑާ
-
މިސްރު