ސަރީރު (ކ) އަދި އަބްދުލްގަފޫރު.

ކެނެޑާ އާއި މިސްރަށް ނަން ރެޒިޑެންޓު ސަފީރުން އައްޔަންކުރަން ފޮނުވައިފި

ރާއްޖޭން ބައިނަލްއަގުވާމީ ތިން ޖަމްއިއްޔާއަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި މިހާރު ވެސް ދެ ގައުމެއްގައި ތިއްބަވާ ސަފީރުން ހަމަޖެއްސުމަށް ވަނީ ފޮނުވާފައި

ރާއްޖޭން ކެނެޑާއަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދު އަދި ރާއްޖޭން މިސްރަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފި އެެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަފޫރާއި ސަރީރުގެ ނަން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ފޮޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެއާ އެކު، އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ތަފްސީލް - މިއަދުގެ ޖަލްސާގައި، ރާއްޖޭން ބައިނަލްއަގުވާމީ ތިން ޖަމްއިއްޔާއަކަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި މިހާރު ވެސް ދެ ގައުމެއްގައި ތިއްބަވާ ސަފީރުން ހަމަޖެއްސުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ ވެސް ވަނީ އިއްވާފަ އެވެ. އެއީ:

  • ރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެން ޝަރީފް ހަމަޖެއްސުމަށް

  • ރާއްޖޭން ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަނަށް ކަނޑައަޅާ ސަފީރު ކަމަށް ޖެނީވާގައި ހުންނަވާ ރާއްޖޭގެ މިޝަންގެ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ހަމަޖެއްސުމަށް

  • ރާއްޖޭން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް، އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް ހަމަޖެއްސުމަށް

މި ދެ މައްސަލަ ވެސް ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް