ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އާއި މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްގެ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް، އެއްބަސްވުން ދައްކާލައްވަނީ
36 މިލިއަން ޑޮލަރަށް 55 ކައުންސިލް އިމާރާތް އަޅަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
ކޮންޓްެރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އަޅަން، 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާ އެކު މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުންޏާ އެކު 55 ރަށުގެ ކައުންސިލް އިމާރާތް އަޅަން ސޮއިކުުރިކަން ލޯކަލް ގަވާމަންޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - އެ ޕޯސްޓުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޑރ. ފާތުމަތު މުނާ އެވެ. ކޮންޓެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ، ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް އެވެ.
އިތުރު ތަފްސީލެއް އެ ޕޯސްޓުގައި ހާމަކޮށްފައެއް ނުވެ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ މެލޭޝިއާ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ދެ އަހަރުގެ ތެރޭ ނިންމާ ގޮތަށް ކަމަށެވެ.
"[މި މަޝްރޫއު ހަވާލުކޮށްފައި ވަނީ] ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސަރުކާރުން މި ފަހުން ތައާރަފްކުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް އިންޓްރެސްޓް ހުންނަ ފަރާތްތަކުން [ޕްރޮޕޯސަލް] ހުށަހެޅީމަ، މިނިސްޓްރީގެ ލެވެލްގައި ބަލާފައި، ޑިއު ޑެލިޖެންސް ހަދާފައި އޭގެ ފަހުން، އިކޮނޮމިކް ކައުންސިލަށް ގެންގޮސް އެ ކައުންސިލުން ބަލާފައި އެޕްރޫވަލް ހޯދައިގެން. ދެން އޭޖީ [އެޓާނީ ޖެނެރަލް އޮފީސް] އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލްއާ އެކު މި ސޮއިކުރީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލްއިން ސޮއި ކުރައްވައިފި. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް… pic.twitter.com/1B6yMd9Y1t
— Ministry of Cities, Local Government, Public Works (@MoCLPmv) January 20, 2025
މުޅި މަޝްރޫއުގެ މުއްދަތަކީ، ދެ އަހަރު ނަމަވެސް، ބައެއް ރަށްރަށުގެ ކައުންސިލް އިމާރާތް އަހަރެއްގެ ތެރޭ ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ކައުންސިލަކަށް ވެސް އިންނާނީ ވަކިން ތާރީހު ކަނޑައަޅާފައި. ސިންގަލް ސްޓޯރީ ކަމުގައިވާ ނަމަ ގިނަވެގެން އެއް އަހަރު ތެރޭ ނިންމާނެ. ދެ ސްޓޯރީ ކަމުގައިވާ ނަމަ 18 މަސް ތެރޭ ނިންމާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިމާރާތްތައް އެންމެ އުސްކޮށް ވެސް ނަގާނީ ދެ ފަންގިފިލާއަށް ކަމަށެވެ. އެފަދަ އިމާރާތްތައް އަޅާނީ ބިމުގެ ދަތިކަން ހުރި ނުވަތަ އާބާދީ ބޮޑު ރަށްރަށުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވަރަށް ގިނަ ކައުންސިލްތައް ހިންގަމުން އަންނަނީ، ބާވެ ހަލާވެފައި ހުރި އަދި ޖާގައިގެ ގޮތުން ދަތި އިމާރާތްތަކުގަ އެވެ. އެފަދަ ކައުންސިލްތަކަށް އާ އިމާރާތްތައް އެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ކައުސިން އިމާރާތް އަޅާނެ ރަށްރަށުގެ ކްރައިޓީރިއެއް މިދިޔަ އަހަރު ކަނޑައަޅައި، އުސޫލު އާންމުކުރި އެވެ.
ކޮމެންޓް (1)
ތެފައާސާ.