މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަތުހަރު.

އަތުހަރުގެ މަރު

ޖަލުގައި އަތުހަރު ދަން ޖެހުނު މައްސަލާގައި 2 ފުލުހަކަށް ދައުވާކޮށްދޭން އެދިއްޖެ

އަތުހަރު ދަން ޖެހުނީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް ބޭނުންކޮށްގެން މިދިޔަ އަހަރު 2 ސެޕްޓެމްބަރުގައި

ފުލުހުންގެ ހައްޔަރުގައި ހުއްޓައި ދަންޖެހިގެން އާދަމް އަތުހަރު މަރުވި މައްސަލަ ތަހުގީގު ކުރުމަށް ފަހު ދެ ފުލުހަކަށް ދައުވާކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އަތުހަރު ހައްޔަރުކުރީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގަ އެވެ. އޭނާ ދަން ޖެހުނީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް ބޭނުންކޮށްގެން މިދިޔަ 2 ސެޕްޓެމްބަރުގަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ވެސް އެ ދުވަހު އެވެ.

ތަފްސީލް - އެޗްއާރުސީއެމްގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ކޮމިޝަންގެ ތަރުޖަމާނު އަލީ ޒާޖިލް ޝަހީދު މިއަދު 'ދައުރު'އަށް ވިދާޅުވީ މިހާރު ދެ ފުލުހަކަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ދައުވާ ކުރާ އަސާސްގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އެނގުން މުހިންމު - އަތުހަރު ހައްޔަރުކުރީ 30 އޮގަސްޓް 2024ގަ އެވެ. އަތުހަރު ދަން ޖެހުމުގެ ކުރިން ވެސް އެކި ފަހަރު މަތިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެގޮތުން:

  • އަންހެން މީހާ ސަލާމަތްކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިން؛ ހައްޔަރުކުރީ އޭޑީކޭން ދޫކޮށްލިތާ ޖެހިގެން އަދި ދުވަހު

  • ހައްޔަރު ކުރި ދުވަހު ވެސް، ހޮޑުލާތީ އާއި ފިޓު ޖެހިގެން އަނެއްކާ ހޮސްޕިޓަލަށް ގެންދިޔަ؛ އެއާ ޖެހިގެން އަދި އެ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކޮށް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ހޯދި

ނާޑުވާލީ ސޯޓާއެކު ޖަލަށް ވަންނަން ފުރުސަތު ވެސް ނުދޭ ގޮތަށް އަމަލުކުރާ އިރު އެ ގޮތަށް އޭނާ ވަންނަން ފުރުސަތު ދިނުމަކީ ވެސް ފުލުހުންގެ އިހުމާލު އޮތް ކަމެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވެސް އެ ދުވަސްވަރު ވާހަކަ ދައްކާފައިވެ އެވެ.

ކޮމެންޓް (1)

ނާޑު

6 ޖެނުއަރީ 2025
އަނިޔާލިބޭ މީހާއަށްވުރެ ބޮޑަށް ކުށްކުރާ މީހާގެ ޙައްޤު ބޮޑުވެއްޖެ ތަނެއްގައި އިންސާފު ލިބޭނީ ކިހިނެއް؟
15 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް