ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް: ހައިދަރާ ސުވާލުކުރަން ހުށަހަޅައިފި - (ފައިލް ފޮޓޯ/މަޖިލިސް)
ވަގު ގޯތި މައްސަލައިގެ ލިޔުމެއް އެނދިތޯ ހައިދަރާ ސުވާލުކުރަން ހުށަހަޅައިފި
'ބިންވެރިޔާ' ސްކީމުން ގޯތި ލިބިފައިވާ ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލައިގައި، ތަހުގީގަށް ބޭނުންވާނެ ލިޔުމެއް އެނދިތޯ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ހައިދަރާ ސުވާލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އޭނާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ އެ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
ތަފްސީލް - މީކާއީލް ހުށަހަޅުއްވާފައިވާ ސުވާލަކީ "ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ހަވާލުކުރަން މަސައްކަތް ކުރިކަން ހާމަވެފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔެކިޔުމެއް ހައުސިން މިނިސްޓްރީ އަނދައި ދިޔުމުގައި ނެތިގޮސްފައިވޭތޯ؟" އެވެ.
ކިޔާލަން
އެނގުން މުހިންމު - އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުއަށް ބިމެއް ދިންކަމުގެ މައްސަލަ ފުރަތަމަ ތިލަވީ 'ހަސަން ކުރުސީ'ގެ ނަމުގައި 'އެކްސް'ގައި ހިންގާ އެކައުންޓަކުން އެއާ ބެހޭ ލިއުންތަކެއް އިއްޔެ އާންމުކުރުމާ އެކުގަ އެވެ.
ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށްވެ އެވެ.
ލީކުވެފައިވާ ސިޓީތަކަށް ބަލާއިރު އެނގޭ ކަންކަން:
-
ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެ ކުންފުންޏަށް ހުށަހެޅި
-
އޭގެ ތެރެއިން އެ ބިން ލިބިފައިވަނީ ކޮން ފަރާތަކަށްކަން އެ ކުންފުންޏަށް އަންގަައިދޭން އެދުނު
-
އެ ލޮޓް ނަންބަރުން ބިން ލިބުނު ކަމަށް ބުނާ އެކަކީ، ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލްއަށްކަން ވެސް ސިޓީން އެނގޭ
-
އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށް
-
މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ''ފޯޖް' ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކުރި
-
ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ އެއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށް
އެއާ އެކު، ފުލުހުން ރޭ ވަނީ އެޗްޑީސީގެ މައި އިމާރާތަށް ވަދެފަ އެވެ. އަދި މިއަދު ވަނީ ފަޒުލް ހިމެނޭހެން އެޗްޑީސީގެ ބޯޑު މެންބަރުންނާއި އިސް ހަތަރު މުވައްޒަފަކު ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްޑަބްލިއުއެސްސީން ފަޒީލް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކުރީގެ ސަރުކާރުން މާލެ ސަރަހައްދުން ގޯތި ދިނުމަށް ފެށި 'ބިންވެރިޔާ ސްކީމް' އަދި ފްލެޓް ދިނުމަށް ފެށި 'ގެދޮރުވެރިޔާ ސްކީމް' އާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ އަމުރުކުރައްވައިފަ އެވެ.
ކޮމެންޓް