އޮޅުހިޔާ ހުޅުވުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު (ކ) އާއި މާލޭ މޭޔަރު އާދަމް އާޒިމް ސަލާމް ކުރައްވަނީ.

ބުޅާ

ބުޅާތަކަށް ހެދި އޮޅުހިޔާ މިިނިސްޓްރީއާ ހަވާލުކުރަން އަންގައިފި: އާޒިމް

މޭޔަރު އާޒިމް ވިދާޅުވީ މިނިސްޓްރީގެ އެންގުމާ މެދު ގޮތެއް ނިންމާނީ ކައުންސިލަރުން ކަމަށާއި މާދަމާ އޮންނަ ކައުންސިލްގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާކޮށް، މަޝްވަރާކުރައްވާނެ ކަމަށް
3 ޑިސެމްބަރު 2024
5

މާލެ ސަރަހައްދުގެ ރަށްރަށުގެ މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހިޔާވަހިކަން ދީ، ބެލެހެއްޓުމަށް ހެދި މަރުކަޒު އެގުރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ގުޅުންހުރި - 'އޮޅުހިޔާ'ގެ ނަމުގައި މިދިޔަ މަހު ރައީސް މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި މަރުކަޒުގައި ކައުންސިލްގެ އިންތިޒާމުތައް ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެތަނަށް ބުޅާތައް ގެންދިއުން މަޑުޖައްސާލަން އިލްތިމާސްކުރާ ކަމަށް ބުނެ، އެނިމަލް ވެލްފެއާ މިނިސްޓްރީން މިރޭ ބަޔާނެއް ނެރުނެވެ.

ތަފްސީލް - އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އާޒިމް 'ދައުރު'އަށް ވިދާޅުވީ ކައުންސިލުން އެތަން ބޭނުންކުރަން ފަށަން އުޅެނިކޮށް މިއަދު ހަވީރު މިނިސްޓްރީގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. ސިޓީގައި އަންގާފައިވަނީ މިނިސްޓްރީއާ އެތަން ހަވާލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން އެތަން ހެދުމަށް ހަރަދުކޮށް ހުޅުވުމަށް އެތައް މަސައްކަތެއް ކުރުމަށް ފަހު މިއަދު އޮޕަރޭޝަނަށް ގެނައުމަށް ވެސް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައި ވަނިކޮށް ހަވީރު ސިޓީއަކުން އަންގާފައިވަނީ ކެބިނެޓުން މިއަދު ނިންމީއޭ، އެ ތަން މިނިސްޓްރީން ހިންގާ ގޮތަށް، މިނިސްޓްރީއަށް ހަވާލުކުރުމަށް ކައުންސިލަށް އަންގަން،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީގެ އެންގުމާ މެދު ގޮތެއް ނިންމާނީ ކައުންސިލަރުން ކަމަށެވެ. މާދަމާ އޮންނަ ކައުންސިލްގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާކޮށް، ކައުންސިލަރުން މަޝްވަރާކުރައްވައި ނިންމާ ނިންމުމެއް ތަންފީޒުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން އެހާ ހަރަދެއް ކޮށްގެން ވަރަށް މަސައްކަތްކޮށްގެން ކުރި ކަމެއް މިއީ. އެހެންވީމާ އަޅުގަނޑު ދެކެނީ މީގައި ކައުންސިލްގައި މަޝްވަރާކޮށްގެން ކައުންސިލް ބައްދަލުވުމަކުން ގޮތެއް ނިންމަން. މާދަމާ އަޅުގަނޑު މިކަން އެޖެންޑާކުރާނަން،" އާޒިމް ވިދާޅުވި އެވެ.

މިނިސްޓްރީގެ ބަޔާނުގައި، އޮޅުހިޔާގައި ބައެއް ކަންކަން ފުރިހަމަނުވާކަން ފާހަގަކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުން އާޒިމް ވިދާޅުވީ އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން ކައުންސިލުން ފުރިހަމަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވެޓެރިނޭރިއަން ޑޮކްޓަރުން ވެސް ހަމަޖައްސައިފިން. ބޭނުންވާ ގިނަ ފެސިލިޓީސްތައް ވެސް ހޯދައި އޮޕަރޭޝަނަށް ގެންނަން ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސާފައި، ވަރަށް އާދައިގެ މަދު ކަމެއް އެއިން އަދި ހަމަނުޖެއްސި ވާނީ،" އާޒިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - މިނިސްޓްރީން ނެރުނު ބަޔާނުގައި، އެތަން މިނިސްޓްރީއާ ހަވާލުކުރަން އެންގި ކަމަކަށް ބުނެފައެއް ނުވެ އެވެ. ބަޔާނުގައި އޮތީ ބުޅާ ބަލަހައްޓަން ހުންނަންޖެހޭ އިންތިޒާމްތައް ހަމަޖައްސާފައި ނެތް ކަމަށާއި އެހެންވެ ބުޅާތައް އެތަނަށް ގެންދިއުން މަޑުޖައްސައިލުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފާހަގަކޮށްލެވޭ - އެމްޑީޕީގެ މޭޔަރެއް ހުންނެވި ނަމަވެސް ކައުންސިލްގެ ބޮޑު މެޖޯރިޓީއެއް އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ.

ކޮމެންޓް (5)

މެދުބެ

4 ޑިސެމްބަރު 2024
މެޖޯރިޓީ ކޮންމެ ބަޔަކަށް އޮތަސް ކައުންސިލްގެ ހައްގެއް ނިގުޅައި ގަތުމުގެ ބާރު ދެވިގެން ނުވާނެ. ކައުންސިލުގެ ތަނެއް ކައުންސިލުން އުފެއްދި މުދަލެއް އިމާރާތެއް ހަމަ ކުއްލިއަކަށް ނުގެންދެވޭނެ. ތިކަމުގައި ކޯޓަށް ވެސް ދާން ފެނޭ.
1 0

ހަވަރު

4 ޑިސެމްބަރު 2024
ދެ ބުޅާ ކޯޅެން ފެށީމާ... ހުރިހާ ދުއްޕާނެއް ރައްޔިތުންނަށް!
0 0

ތެފައާސާ.

4 ޑިސެމްބަރު 2024
ތިޔައޮތީ އަނެއްކާވެސް ސަރުކާރުގެ މެޖަ ޕްރޮޖެކްޓެއް ނިމިފައެއްނު؟ ސިޓީއަކުން ބުޅާ ފެސިލިޓީ ހޯދުމަކީ، އިސްކަރާބު ހިފައިގެން ނިކުމެ ޑިސްޓިރިބިއުޝަން ފޮށިން ޕޯސްޓަރު ކެހުންފަދަ މެގަ ޕްރޮޖެކްޓެއް. މަރުހަބާ!!
2 0

ފުލެއިލް

4 ޑިސެމްބަރު 2024
ބަކަރި ގެންގުޅޭތަނެއް ހެދިއްޔާ މާރަނގަޅުވާނެ. މިނިސްޓްރީއިން އުޅެބަލަ އެކަމާ.
2 0

ކެޓްނިއުސަންސް

4 ޑިސެމްބަރު 2024
ތިޔައުޅެނީ ތިކަމުންވެސް މާލީ ފައިދާތަކެއްހޯދައިގަންނަންވެގެން. ދެން މަގުމައްޗަކުން އެއްޗެއް މަދެއްވެސްނުވާނެ. އަހަރުވީއިރު މަގުމަތީގައި ބުޅާކާނާ ބަހައްޓައި ބުޅާއާލާކޮށް އާންމު ސަރަހައްދުތަކަށް ވިއްސާފައި ދޫކުރުން މަނާކޮށް އަދަބު ކަނޑަނޭޅުނު ބަޔަކަށް ކޮންކަމެއްކުރެވޭނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް