ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ހުސެން ސުނޭން)
މީޑިއާ ކޮމިޝަންގެ ބިލު ފާސްނުކުރަން ޑިމޮކްރެޓްސް އިން ގޮވާލައިފި
މީޑިއާ ކޮމިޝަންގެ ބިލަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އަދި ރާއްޖޭގެ ގާނޫނު އަސާސީން ބަލައިގެންފައިވާ ހަމަތަކާއި އުސޫލުތަކަށް ބެލުމެއްނެތި ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެ އެ ބިލު ފާސް ނުކުރަން އިދިކޮޅު ޕާޓީ ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ބާރު އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު އެވެ. އެއީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެންބަރެކެވެ.
ތަފްސީލް - އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ޑިމޮކްރެޓްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ ނޫސްތަކުގެ މައްޗަށް ކަންކަން މަޖުބޫރުކުރުމާއި ނޫސްވެރިންނަށް އަދަބު ދިނުމާއި ނޫސްތައް ބަންދުކުރުމުގެ ބާރު އަތަށް ނެގޭ ގޮތަށް އެކުލަވާލައިފައިވާ ބިލެއް ކަމަށާއި އެކަމާ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރާ ކަމަށެވެ.
ބުނީ ކީކޭ؟ - "އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ބްރޯޑްކާސްޓްކުރުން ވަކި ހަމައަކުން ދައުލަތުގެ އިދާރާއަކުން ރެގިއުލޭޓްކުރުމަށް ދެވޭ އިހުތިޔާރަކީ ޗާޕްކޮށްގެންނާއި އޮންލައިންކޮށް ހިންގާ ނޫސްތަކުގެ މައްޗަށް ވެސް އޮތް އިހުތިޔާރެއް ކަމަށް ހަދައި، މި ދެކަމުގައި އޮތް އަސާސީ ފަރަގު ވެސް އޮޅުވާލައިގެން، ނޫސްތަކުގެ މައްޗަށް ބާރުހިންގައި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް އެ ބިލުގައި މާއްދާތައް ހިމަނާފައިވުމެވެ،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގުޅުންހުރި
'މުޖުތަމައު ފަސާދައިން ސަލާމަތް ކުރަން މީޑިއާގެ ބިލު މުހިންމު'
13 ނޮވެމްބަރު 2024
'ބިލު އޮތީ ސަރުކާރު ނުފޫޒު މީޑިއާއަށް ވަދެ، ހައްގު ގެއްލޭ ގޮތަށް'
13 ނޮވެމްބަރު 2024
މީޑިއާ ކޮމިޝަންގެ ބިލުގައި އޮތީ އަމިއްލަ ހިޔާލު: މިނިސްޓަރު
13 ނޮވެމްބަރު 2024
ސަރުކާރަށް މެޖޯރިޓީ ލިބޭގޮތަށް މީޑިއާ ކޮމިޝަން އުފައްދަން ބިލެއް
12 ނޮވެމްބަރު 2024
އޭގެ އިތުރުން އެ ނޫސް ބަޔާނުގައި ބުނެފައިވަނީ:
-
ޑިމޮކްރެޓިކް ނިޒާމެއްގައި، ނޫސް ހިންގުމަކީ ސަރުކާރުން ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ރެޖިސްޓްރޭޝަނެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެގޮތަށް މަޖުބޫރުކުރުވާފައިވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށް
-
އެއްކޮށް އަމިއްލައަށް ރެގިޔުލޭޓްކުރެވިގެން ހިންގޭ ނޫސްވެރިކަމަކަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާ މި ބިލުގެ ސަބަބުން މިހާރު އޮތް ހާލަތަށްވުރެ ވެސް ބޮޑުތަނުން ގޯސްވާނެ ކަމަށް
-
މީޑިއާ ރެގިއުލޭޓްކުރާ އިދާރާ އަތުރާލާފައިވަނީ ރައީސަށް ކޮންޓްރޯލް އޮންނަ ގޮތަށް ކަމަށްވުމުން ކަންބޮޑުވާ ކަމަށް
"'ތެދު ބަސް' މިއީ ސަރުކާރަށް ނުވަތަ އެ ނޫން ވެސް ވަކި ފަރާތަކަށް އޮންނަ 'މޮނޮޕޮލީ' އަކަށްނުވާއިރު، ސަރުކާރު ހިތްނުރުހޭ ގޮތަކަށް މައުލޫމާތު ޝާއިއުކުރެވިދާނޭކަމުގެ ބިރަށް، އެ މައުލޫމާތެއް ޝާއިއުކުރުމުގެ ކުރިއަށް ނަފުސު ސެންސަރުވެގެން އެ މައުލޫމާތެއް ވަކި ގޮތަކަށް ބައްޓަންކުރުމަށް މަޖުބޫރުކުރުވާ ގޮތަށް އެ ބިލު ފަރުމާކޮށްފައިވުމީ ނޫސްވެރިކަމުގެ މިނިވަންކަން ނަގައިލުމުގެ އަމަލެއް ކަމަށް ދެކެމެވެ،" ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ - އެ ބިލާ ދެކޮޅަށް އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
ކޮމެންޓް