ރައީސް މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފިއުލް ފާމު ހުޅުއްވައިދެއްވަނީ - (ފޮޓޯ/ ރައީސް އޮފީސް)
މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެ: ރައީސް
ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރަން އެމްއެމްއޭއިން ހެދި ގަވާއިދަށް އަމަލްނުކުރާނެ ކަމަށް ގިނަ އަދަދެއްގެ ރިސޯޓްތަކުން ބުނަމުން ދަނިކޮށް، 'ސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައި' ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ކުރިމަތިވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްއެމްއޭއިން 1 އޮކްޓޯބަރު 2024ގައި ތަންފީޒުކުރަން ފެށި ގަވާއިދުގައި އޭ ކެޓެގަރީގައި ހިމެނޭ ޓޫރިސްޓް ހިދުމަތް ދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު ރާއްޖޭގެ ބޭންކެއްގައި މާރުކުރަން ޖެހެ އެވެ. ބީ ކެޓެގަރީގައި ހިމެނޭ 50 ކޮޓަރިއަށް ވުރެ މަދު ގެސްޓްހައުސްތަކުން މާރުކުރަން ޖެހެނީ ބޮލަކަށް 25 ޑޮލަރެވެ.
ތަފްސީލް - އެކި ރިސޯޓްތަކުން އެކި އަގުގައި ކޮޓަރި ވިއްކުމާއި އެކި ޓޫރިސްޓުން އެކި މުއްދަތް ހޭދަކުރާތީ ކޮންމެ މީހަކަށް 500 ޑޮލަރު މާރުކުރުމަކީ ވިޔަފާރިއަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރިސޯޓްތަކުގެ ވެރިން ބުނެ އެވެ. އެހެންވެ ރާއްޖޭގެ ބޮޑެތި އެތައް ކުންފުންޏެއް ހިމެނޭ ގޮތަށް އެމްއެމްއޭއަށް އަންގާފައިވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި އަންނަ ޓޫރިސްޓުންގެ ނިސްބަތުން ވަކި ޕަސެންޓެއްގެ ޑޮލަރު ބޭންކްތަކުގައި މާރުކުރަން ރިސޯޓްތަކުން ދެކޮޅެއް ނޫނެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީގެ އެ ކަންބޮޑުވުން އައި ދަނޑިވަޅު ރައީސް މުއިއްޒު މިއަދު މެންދުރުފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ 'ސިޔާސީ ވެރިން އިތުރަށް ފެންނާނެ' ކަމަށެވެ.
"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއްވާން ނޭދޭ ސިޔާސީ ވެރިން ރައްޔިތުންނަށް ވަރަށް ސާފުވާތަން ކުރިއަށް އޮތް ތާނގައި އިތުރަށް ފެންނާނެ!" ރައީސްގެ ޕޯސްޓް ފައްޓަވަމުން ވިދާޅުވި އެވެ.
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!
— Dr Mohamed Muizzu (@MMuizzu) November 14, 2024
އެކަމަކު 'ސިޔާސީ ވެރިން' މާނަކުރައްވާފައި އެ އޮތީ އެމްއެމްއޭގެ ގަވާއިދާ ދެކޮޅުހައްދަވަމުން ގެންދަވާ ރާއްޖޭގެ މުއްސަނދި ބައެއް ވިޔަފާރިވެރިން ކަމެއް، ނުވަތަ އިދިކޮޅު ސިޔާސީ ބޭފުޅުން ކަމެއް، ސީދާ ނޭނގެ އެވެ.
"މި ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ތަނަވަސްކަން ހޯދައިދިނުމުގައި،" ރަައީސްގެ މެސެޖް ނިންމާލައްވަމުން ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްއެމްއޭގެ ގަވާއިދު މިހާރު އޮތް ގޮތުން ކޮންމެ ޓޫރިސްޓަކަށް 500 އާއި 25 ޑޮލަރު ރާއްޖޭގެ ބޭންކެއްގައި މާރުކުރުމުގެ ފުރަތަމަ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ 28 އަށެވެ.
ޑޮލަރުގެ މައްސަލައިގެ އިތުރު ކަވަރޭޖް
ޕަލްސް ކުންފުންޏާއި ޔުނިވާސަލް އިން ވެސް ޑޮލަރު މާރުކުރަން ދެކޮޅު
14 ނޮވެމްބަރު 2024
50އަށް ވުރެ ގިނަ ރިސޯޓުން ޑޮލަރު މާރުކުރާ އާ ގަވައިދާ ދެކޮޅު
14 ނޮވެމްބަރު 2024
ޑޮލަރާ ގުޅޭ ކަންބޮޑުވުން ހޯދަން ކޮމެޓީއަށް ގެންނަން އެދިއްޖެ
14 ނޮވެމްބަރު 2024
ޗަމްޕާ މުހައްމަދު މޫސާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ދެކޮޅު
13 ނޮވެމްބަރު 2024
ކޮމެންޓް