އާސަންދަ ލިބޭ ބޭސް ފިހާރައެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އާސަންދަ

ތަނަވަސް މީހުން އާސަންދައަށް ވަކި އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ގޮތް ހަދަނީ

ބަޖެޓު ފޮތުގައި ލިޔެފައިވާ ގޮތުގައި މި ފައިސާ ނަގާނީ އަންނަ އޭޕްރީލް މަހުން ފެށިގެން
12 ނޮވެމްބަރު 2024
3

މަތީ އާމްދަނީ ލިބޭ މީހުން ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން އާސަންދައަށް 'ހެލްތު ކޮންޓްރިބިއުޝަން'ގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ނަގަން ޖެހޭ ގޮތަށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ވީކިހިނެއް؟ - އަހަރުން އަހަރަށް އާސަންދައަށް ދައުލަތުން ކުރާ ހަރަދު ބޮޑުވާތީ އެ ބުރަ ކުޑަކުރުމަށް އެންމެ ބޭނުންވާ މީހާއަށް އާސަންދަ ހިދުމަތް ލިބޭ ގޮތަށް ހަދަން އަޅާނެ ފިޔަވަޅުތަކެއް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ.

ތަފްސީލް - ބަޖެޓު ފޮތުގައި ލިޔެފައިވާ ގޮތުގައި، މި ފައިސާ ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ. އެގޮތުން:

  • މި ފައިސާ ނަގާނީ މަހަކު 60،000ރ.އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން

  • މި މޮޑެލަށް އަމަލުކުރާ ގައުމުތަކުން ފައިސާ ނަގަނީ އިންކަމް ޓެކްސް ދައްކާ ވަގުތު، ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް

  • މި ކޮންޓްރިިބިއުޝަން ބޭނުންކުރާނީ އެންމެ ފަގީރު މީހުންނަށް ދޭން ޖެހޭ ސިއްހީ ފަރުވާ އާސަންދަ މެދުވެރިކޮށް ކަށަވަރު ކުރުމަށް

  • އައުޓް ޕޭޝަންޓް ހިދުމަތްތަކާއި އެންމެ އަސާސީ ނޫން ބޭސްތައް ނަގާއިރު ބިލުން ކޮންމެ ވެސް ވަރެއް ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ގޮތަށް ވެސް ހިމަނާފައިވޭ

  • މި ގޮތަށް ބިލުން ބައެއް ދައްކަން ޖެހުނަސް، އަމިއްލަ ޖީބުން އަހަރެއްގެ މައްޗަށް ގިނަވެގެން ހަރަދު ކުރަން ޖެހޭ އެންމެ މަތީ މިންވަރުތައް ވެސް ކަނޑައަޅާ ގޮތަށް

ހެލްތު ކޮންޓްރިބިއުޝަންގެ ގޮތުގައި ނަގާނެ ފައިސާ އާއި ނިސްބަތް ބަޖެޓު ފޮތުގައި ހިމެނޭ މި މައުލޫމާތުގެ ގޮޅިއަކު ލިޔެފައެއް ނެތެވެ.

ގުޅުން ހުރި ކަމެއް - މި މަހުން ފެށިގެން ޕްރައިވެޓް ހެލްތު އިންޝުއަރެންސް ގަނެފައިވާ މީހުންނަށް، އެ އިންޝުއަރެންސުން ލިބޭ އަދަދު ދައްކައި ނިމިގެން ނޫނީ އާސަންދަ ނުލިބޭ ގޮތަށް ހަދައި އަމަލުކުރަން ފަށައިފަ އެވެ.

ކޮމެންޓް (3)

profile-image-placeholder

ޢާމަދަނީ

12 ނޮވެމްބަރު 2024
ތިޔަ ބުނާ ފަސްދޮޅަސް ހާހުން މަތީ އާމްދަނީ ލިބޭއިރު ލޯނަށް އެދޢްކާކަން ބަލާނެބާ، ހަމައެކަނި އާމްދަނީ އަކަށްނޫން ބަލަންޖެހޭނީ، ޚަރަދުވާގޮތްވެސް ބަލަންޖެހޭނެ. ގޭކުލިން ލިބޭ އާމްދަނީ ދައްކަންޖެހެނީ ލޯނަށް، މި ނުބެލެވޭނެ ހަގީގީ އާމްދަނީގެ ގޮތުގައެއް

ތެފައާސާ.

12 ނޮވެމްބަރު 2024
ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން އަހަރެމެންނަށް 60،000 ރުފިޔާއަށްވުރެ އިތުރަށް މުސާރަ ލިބޭތީ ތިގޮތަށް ފެލާލާކަށް ނުވާނެ ދޯ؟ މިހާރުވެސް ބަރާބަރަށް އިންކަމް ޓެކްސް އެބަ ދައްކަން. އެ ޓެކްސް ލާރިން އަހަރެމެންގެ އާސަންދަ ހަމަޖައްސައިދޭންވީމާ، އެ ޓެކްސް ލާރި ސިޔާސީ ލަޓޯފަޓޯއިންގެ މުސާރައަށް ދުއްވާލާފައި އާސަންދައަށޭ ކިޔާފައި އަނެއްކާ އަހަރެމެން އަތުން އިތުރަށް "ޓެކްސް" ނަގަން ދިމާކުރާއިރު ލަދުކޮބާ؟ ފުރަތަމަ ހާހުން ތިބި ބޭކާރު ސިޔާސީން މަދުކޮށްބަލަ!!!!

އިންޝުއަރ

12 ނޮވެމްބަރު 2024
ރަގަޅު ކަމެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް