އާސަންދަ އޮފީސް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
މާދަމާއިން ފެށިގެން އާސަންދަ ލިބޭނީ އިންޝުއަރެންސް އުނިކޮށްފައި
މާދަމާ އިން ފެށިގެން ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސް އަށް ކެނޑުމަށް ފަހު ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސަންދަ އަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތަފްސީލް - އެ މަގުސަދުތައް ހާސިލް ކުރުމަށް އާސަންދަ ނިޒާމަށް ބަދަލު ގެންނަން ނިންމާފައިވާކަން މީގެ ކުރިން އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އާސަންދަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބަދަލުތައް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތަށް ބިލު ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަންދޭން ނިންމާފައިވާ ކަމަށެވެ.
މިކަންކަން ކުރިއަށްދަނީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަ އުސޫލަކުން ކަން ކަށަވަރު ކުރުމަށް އެ ފިޔަަވަޅުތައް އަޅަން ނިންމާފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން އިންޕޭޝެންޓު އަދި އައުޓް ޕޭޝެންޓު ހިދުމަތްތައް ވަކިވަކިން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން
-
މާދަމާ އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލު ކުރާނީ ޕްރައިވެޓް އިންޝުއަރެންސް އަށް
-
ޕްރައިވެޓް އިންޝުއަރެންސް ނެތް ނަމަ ނުވަތަ ޕެކޭޖުތަކުގެ ލިމިޓު ހަމަވެފައިވާނަމަ މިހާރެކޭ އެއްގޮތަށް އާސަންދައިން ހިދުމަތް ލިބޭނެ
އާސަންދައިގެ ހިދުމަތް ލިބިގަތުމަށްފަހު ހިދުމަތް ހޯދިކަމުގެ ރަސީދު ހޯދަން އާސަންދަ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް