ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް 'ދައުރު'ން ގެނެސްދޭ 'ވޯޓު23' ޕްރޮގްރާމުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. (ދައުރު ފޮޓޯ)

އަބްދުﷲ ޖިހާދު

ޖިހާދުގެ މައްސަލަ ބޭރުކޮށްލުމުން ރިވިއުއަށް ޕީޖީން ހުށަހަޅައިފި

އެންމެ ފުރަތަމަ ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި މައްސަލަ ކޯޓުން ފޮނުވާލި. ޕީޖީން ދެން މައްސަލަ ހުށަހެޅި މުއްދަތު އިތުރުކޮށްދޭން އެދިފައި ކުރީގެ މުއްދަތު ހަމަވެ ދެ ދުވަސް ފަހުން
30 އޮކްޓޯބަރު 2024

ކ. ފުށިދިއްގަރުފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލަ ދެވަނަ ފަހަރަށް ހައި ކޯޓުން ބޭރުކޮށްލަން ނިންމުމުން ފަނޑިޔާރުންގެ މަޖިލީހުގައި ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުށަހަޅައިފި އެވެ.

ކަމުގެ ފެށުން - އެންމެ ފުރަތަމަ ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި މައްސަލަ ފޮނުވާލީ އެވެ.

އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ވީކިހިނެއް؟ - ޖިހާދު ރާއްޖެ ވަޑައިގަތުމުން ޕީޖީ އޮފީހުން ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅީ އޭރު ކޯޓުން ދިން މުއްދަތު ފާއިތުވިތާ ދެ ދުވަސް ފަހުންނެވެ.

އޭރު ޕީޖީން މުއްދަތު އިތުރުކޮށްދޭން އެދުނު ނަމަވެސް ހައި ކޯޓުގައި މި ފަހަރު މައްސަލަ ރަޖިސްޓްރީ ނުކޮށްދިނީ މުއްދަތު ފާއިތުވި ފަހުން ހުށަހެޅުމުން ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ކީކޭ ބުނީ؟ - ޕީޖީ އޮފީހުން ބުނީ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން:

  • އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު

ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފްކުރީ 29 އޮގަސްޓްގަ އެވެ. މިދިޔަ މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:  

  • މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި

  • އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް