ކ. ފުށިދިއްގަރުފަޅު ހިއްކައިގެން 'ރަސްމާލެ' ސިޓީ ހިއްކާ މަޝްރޫއު ފެށި ދުވަސް. (ފޮޓޯ/ރައީސް އޮފީސް)
ރަސްމާލެ ހުއްޓިފައި އޮތީ އެމްޑީޕީ މެޖޯރިޓީ އޮތްއިރު ބަޖެޓު ފާސްކުރި ގޮތުން؛ މަޝްރޫއު ހަގީގަތަކަށް ވާނެ: ހީނާ
ރަސްމާލެ މަޝްރޫއު ހުއްޓިފައި އޮތީ މިއަހަރަށް ބަޖެޓު ފާސްކުރި ގޮތުން ކަމަށާއި އެހެން ނަމަވެސް އެ މަޝްރޫއު ހަގީގަތަކަށް ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރައީސް މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށެވެ.
ތަފްސީލު - އެ މަޝްރޫއު ހުއްޓިފައި އޮތް ސަބަބު އޮޅުންފިލުވައިދެއްވަމުން ހީނާ ވިދާޅުވީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ރަސްމާލެ މަޝްރޫއު ހިމެނުމަށް ރައީސް އެދިވަޑައިގަތް ކަމަށެވެ.
"އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ ބަޖެޓު ފާސްވެގެން އައިއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއް އޭރު އޮތީ. އެ މަޖިލީހުން އެންމެ ބޮޑަށް ކުރެއްވި ދަތިކަމަކީ އެ މަޝްރޫއު ކުރިއަށްނުގެންދެވޭ ގޮތަށް އެ ބަޖެޓު ފާސްކުރުން. އެހެންވީމަ ތާރީހުތަކަށް އެބަހުރި ބަދަލުތަކެއް އައިސްފައި،" ހީނާ ވިދާޅުވި އެވެ.
ތާރީހުތަކަށް ބަދަލު އައި ނަމަވެސް، ހީނާ ވިދާޅުވީ ރަސްމާލެ މަޝްރޫއު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ރަސްމާލެ މަޝްރޫއަކީ ރައީސްގެ ވަރަށް ބޮޑު ވައުދެއް. އެ މަޝްރޫއު ކުރިއަށްދާނެ،" ހީނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ރަސްމާލެ މަޝްރޫއު ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މަސައްކަތް ފެށުމަށް ފަހު، މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ނުހޯދިގެން މަޝްރޫއު މަޑުޖެހިފައި އޮތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ފަސްމަންޒަރު -'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ނިންމައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން އެ ތަން ހިއްކަން ފެށީ 18 ޑިސެމްބަރުގަ އެވެ.
ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، އަށް މަސް ތެރޭ ހިއްކައި ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކި ކަހަލަ 30 ހާސް ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (3)
ޙަސަން
ސިކުނޑި
މެގަ ޕްރޮޖެކްޓް ރަސްގެފާނު