އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު އައްޔަންކޮށް، ރައީސް މުއިއްޒު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް )
ހަބީބު އެޗްއާރުސީއެމްއަށް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމަށް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްއާރުއާރުސީއެމްއަށް ހަބީބު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ޖުލައި މަހު31ގަ އެވެ. އޭގެ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، އޭނާ އެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ތަފްސީލު - އެ ރަސްމިއްޔާތުގައި ހަބީބަށް މަގާމުގެ ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންެވެ. އެއާ އެކު ރައީސް ވަނީ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ހަބީބު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ލިބުނީ، 74 މެންބަރުންގެ ތާއީދާއެކު އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ތިން މެންބަރުންނެވެެ.
އެޗްއާރުސީއެމްގެ މެންބަރުކަން ހުސްވީ، ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހަބީބު:
-
އީސީގެ މެންބަރުކަން 2014އިން ފެށިގެން ދެ ދައުރު އަދާ ކުރެއްވުމަށް ފަހު އެ ކޮމިޝަނުން ހަބީބު ވަކިވެވަޑައިގެންނެވީ މިދިޔަ މާޗު މަސް ތެރޭގައި؛ އެ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން މެންބަރަކަށް ގިނަވެގެން ފުރިހަމަ ކުރެވޭނީ ގިނަ ވެގެން ފަސް އަހަރުގެ ދެ ދައުރު
-
ކޮމިޝަންގެ މެންބަރު ކަމަށް ހަބީބު އެންމެ ފުރަތަމަ އައްޔަންކޮށްފައި ވަނީ މިދިޔަ 13 މާޗުގައި 2014
-
އޭގެ ފަހުން ދެ ވަނަ ފަހަރަށް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބު އައްޔަންކޮށްފައި ވަނީ 13 މާޗު 2019ގައި
-
އޭނާ ވަނީ ވިލާ ކޮލެޖުން ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކޮށް ގައުމީ ޔުނިވާސިޓީއިން ދިވެހި ލެންގުއޭޖް އިން މާސްޓާސް ހާސިލުކުރައްވާފައި
ފަސް މަންޒަރު- އެޗްއާރުސީއެމް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ:
-
ކޮމިޝަންގެ ރައީސް މަރިޔަމް މުނާ
-
މުއުމިނާ ވަހީދު
-
އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު
-
ސަމާއު އަހްމަދު ނަޖީބު