މީގެ ކުރިން ބޭއްވި އިންތިހާބެއްގައި އެމްޑީޕީގެ އޮފިޝަލަކު ހަރަކާތްތެރި ވަނީ (ދައުރު ފައިލް ފޮޓޯ/އަނޫފް ޖުނައިދު)

އެމްޑީޕީގެ އިންތިހާބު މާދަމާ؛ 10،600 މީހުންނަށް ވޯޓުލެވޭ

ވޯޓުލުން އޮތީ މާދަމާ މެންދުރު ފަހު 2:30 އިން ރޭގަނޑު 9އަށް

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ ބައި-އިލެކްޝަން މާދަމާ ބޭއްވުމަށް އެ ޕާޓީން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ބައި-އިލެކްޝަނަކީ މިދިޔަ އަހަރު ތެރޭ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއަށް ސޮއިކުރުމުން ގައުމީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަށާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ އާ ހަ ދާއިރާގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.

ތަފްސީލު - އެމްޑީޕީން އިއުލާންކޮށްފައިވާ 25 ދާއިރާގެ ވޯޓާސް ލިސްޓުން އެނގޭ ގޮތުގައި، މި އިންތިހާބުގައި 10،687 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިިމެނެނީ:

  • މާލޭގެ ދައިރާތަކުން 5،933 މީހުން

  • އެހެން ދާއިރާތަކުން 4،754 މީހުން

ވޯޓުލުން އޮތީ މާދަމާ މެންދުރު ފަހު 2:30 އިން ރޭގަނޑު 9 އަށެވެ. އެގޮތުން:

  • މާލޭގައި ހިރިޔާ އަދި ތާޖުއްދީން ސްކޫލްގައި 20 ވޯޓު ފޮއްޓެއް ބަހައްޓާނެ 

  • އަށް ދާއިރާއެއްގެ 25 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ

ގުޅުން ހުރި ކަމެއް - ބައި-އިލެކްޝަންއާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ އަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރަދުނާ ޕާޓީ ކަމަށެވެ. އަދި ވޯޓުލުމުގައި މެންބަރުން ބައިވެރުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

"މިއީ ޕާޓީ ހިންގުމުގައި މެމްބަރުންގެ ސީދާ ބަސް ބުނެވޭ، މެމްބަރުންނަށް ގޮތް ނިންމޭ ހަމައެކަނި ޕާޓީ،" ޝާހިދު ވިދާޅުވި އެވެ.

ކޮމެންޓް (1)

ކުޑޫ

2 އޯގަސްޓު 2024
ކޮން އިންތިހާބެއްބާއްވަން ތީމިހާރުން މިހާރަށް އުވާލަންޖެހޭ ޖަމާއަތެށް މިހާރުގެ ސަރުކާރުން މާމަޑުން ތިބެނީ އެއީވާގޮތަކީ ނިކަން އެމީހުނާ ދޭތެރޭ ފިޔަވަޅު އަޅާބަލަ ނަެިތިރިވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް