އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: (ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވާލައިފި
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 20 ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހު ބާއްވަން ނިންމައި އެ މަގާމުތަކަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވާލާފައި މި ވަނީ، މިދިޔަ އަހަރު ތެރޭ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއަށް ސޮއިކުރުމުން ގައުމީ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކަށާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނޭ އާ ހަ ދާއިރާގެ ރައީސުން އިންތިހާބު ކުރުމަށެވެ.
ތަފްސީލު - މިއަދު އެ ޕާޓީން ކުރި އިއުލާނުގައި ބުނި ގޮތުގައި، މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ. އަދި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2 އަށެވެ.
މަގާމަށް ކުރިމަތިލުމުގެ ޝަރުތުތައް:
-
މިއަދާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން
-
ވޭތުވެދިޔަ ފަސް އަހަރު ތެރޭ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއް ކަމުގައިވުން
ކުރިމަތިލުމަށް ހުޅުވާލި ދާއިރާތައް:
-
ހއ. ދިއްދޫ ދާއިރާ، ހއ. ކެލާ ދާއިރާ އަދި ހއ. ކެލާ ދާއިރާ
-
ކުޅުދުއްފުށި ދެކުނު ދާއިރާ
-
ހދ. މަކުނުދޫ ދާއިރާ
-
ރ. އުނގޫފާރު ދާއިރާ އަދި އިނގުރައިދޫ ދާއިރާ
-
ބ. ހިތާދޫ ދާއިރާ އަދި ބ. ހިތާދޫ ދާއިރާ
-
ޅ. ކުރެންދޫ ދާއިރާ
-
ކ. މާފުށީ ދާއިރާ އަދި ކ. ހުރާ ދާއިރާ
-
އދ. މާމިގިލީ ދާއިރާ އަދި އދ. ދަނގެތި ދާއިރާ
-
ގއ. ދާންދޫ ދާއިރާ އަދި ގއ. ކޮލަމާފުށި ދާއިރާ
-
ގދ. ފަރެސްމާތޮޑާ ދާއިރާ
-
ފޭދޫ ދެކުނު ދާއިރާ އަދި ފޭދޫ އުތުރު ދާއިރާ
-
މެދު ހެންވޭރު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މާފަންނު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ މެދު ދާއިރާ އަދި ހުޅުމާލެ އުތުރު ދާއިރާ
-
ކުޅުދުއްފުށި، ތިނަދޫ އަދި މާލޭގެ ރައީސް