ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 31 ޖުލައި 2024ގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއް ފަރާތުގައި ސައިކަލެއް މަތީ އިން މީހެއްގެ ގައިގައި ޖެހުނު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން (ފޮޓޯ/ޕޮލިސް)
އެކްސިޑެންޓްވި ކާރުގައި ތިބި ތިން މީހުން ހައްޔަރުކޮށްފި
މިއަދު ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓްގައި އެ ވަގުތު ކާރުގައި ތިބި ތިން މީހުން ވެސް ހައްޔަރުކޮށްފި ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލްނުވެ ގޮސް ޖެހުނީ އެވަގުތު މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން ފިރިހެނެއްގެ ގައިގަ އެވެ. ޖެހުނުލެއް ބާރުކަމުން އޭނާ ދަނީ ކާރު މަތިން ވިއްސައިގެންނެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޭނާ އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށް، ހޮސްޕިޓަލުން ބުންޏެވެ.
ތަފުސީލް - އެވަގުތު ކާރުގައި ތިން މީހުން ތިބި ކަމަށް، މަންޒަރު ދުށް މީހުން ބުނެ އެވެ.
ކާރު ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރިކަން ފުރަތަމަ ހާމަކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭގެ ފަހުން އިހުސާން ވިދާޅުވީ ކާރުގައި ތިބި ތިން މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
Just now @PoliceMv has arrested the last of the three people who were in the car involved in the horrific accident this afternoon.
— Minister of Homeland Security & Technology (@min_mohst) July 31, 2024
މި އެކްސިޑެންޓްގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ. އަސްލު މަންޒަރު ފެނުމުން އާންމުން ރުޅިއައިސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ފާޑުކިޔަން ވެސް ފެށި އެވެ.
ބައެއް މީހުން ތުހުމަތުކުރި ގޮތުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވަނީ ފުލުހުން އެކަން ހުއްޓުވަން ނޫޅޭތީ އެވެ. އޭގެ އިތުރުން ކުށް ކުރާ މީހުންނަށް އަދަބު ނުލިބޭކަމުގެ ޝަކުވާ ވެސް ބައެއް މީހުން ފާޅުކުރި އެވެ.
ކޮމެންޓް (1)
ބެއްޔާގެ ދަރި