ޕީއެންސީގެ ޕީޖީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ފަލާހު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ މަޖިލިސް)
މެންބަރުންނަށް 50،000ރ. ދޭ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެއިން ޕީއެންސީގެ ކޮންމެ މެންބަރަކަށް 50،0000ރ. ދޭ ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - މުލިއާގެއިން މެންބަރުންނަށް 50،000ރ. ދޭ ކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. އިތުބާރު ހުރި ބައެއް މަސްދަރުތަކުން ވެސް 'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަހަކު 50،000ރ. މުލިއާގެއިން މެންބަރުންނަށް ދަނީ ދެމުންނެވެ.
އެކަން މިއަދު 'ދައުރު'ގައި ރިޕޯޓުކުރި ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިއަދު 'އެކްސ'ްގައި ކުރެއްވި ޕޯސްޓެއްގައި އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - "ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް،" ރައީސް އޮފީހުގެ ތަރުޖަމާނުގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓުގައި ހީނާ ވިދާޅުވި އެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް.
— Heena Waleed (@MvSpokesperson) June 30, 2024
ކޮމެންޓް (2)
އަލިބެ..
ބުހުތާން