ޑރ. ހަސަން ސައީދު

އާ ބަޔަކަށް މައުމޫން ޖާގަ ދެއްވި ނަމަ ރާއްޖެ ވީހީ ނަމޫނާ ގައުމަކަށް: ޑރ. ހަސަން

ކުރީގެ އެޓާނީ ޖެނެރަލް ވިދާޅުވީ މައުމޫނަށް ދެވަނަ ޖީލެއްގެ ސިޔާސީ ލީޑަރުން އުފެއްދެވުނީސް ކަމަށް. އެހެންވި ނަމަ މިހާރު މި ފެންނަ ގޮތަށް ކޮރަޕްޝަން ކުޑަވީސް ކަމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2008ގެ އިންތިހާބަށް ކުރިމަތިނުލައްވާ، ޒުވާން ބަޔަކަށް ޖާގަ ދެއްވި ނަމަ ރާއްޖޭގައި ކޮރަޕްޝަން ކުޑަވެ، އިސްލާމީ ދުނިޔޭގައި ވެސް ރާއްޖެ ވީހީ ނަމޫނާ ގައުމަކަށް ކަމަށް، ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައުމޫން 2004ގައި އިއުލާންކުރެއްވި އިސްލާހީ އެޖެންޑާގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ވަނީ މައުމޫންއާ އެކު ކުރެއްވި ތަޖުރިބާތައް ހިއްސާކުރައްވައިފަ އެވެ. އެގޮތުން އިސްލާހަށް ހުޅުވާލި ފަހުން ދެން ދިމާވި ކަންކަން ވެސް ކިޔައިދެއްވި އެވެ. މިއީ 2013ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިން މޭޓެއްގެ ގޮތުން ވާދަކުރެއްވުމަށް ފަހު، މިދިއަ 10 އަހަރުގެ ތެރޭގައި، މީޑިއާއަކަށް ހަސަން ދެއްވި ފުރަތަމަ އިންޓަވިއު އެވެ.

ތަފްސީލް - މައުމޫން 9 ޖޫން 2004ގައި އިއުލާންކުރެއްވި ސިޔާސީ އެޖެންޑާއަށް ހަސަންގެ ތައުރީފް ވެސް އޮވެ އެވެ. އެއީ އޭގެ ޒާތުގައި ވަރަށް ބޮޑު އިސްލާހީ ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު ފަހުން މައުމޫންގެ ކިބައިން ފެނުނު ބައެއް ކަންކަމުން އެނގިވަޑައިގަތީ އެއީ ހަމައެކަނި އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުމުގެ މަގުސަދުގައި ކުރެއްވި ކަމެއް ކަމަށް ކަމަށް، އޭނާ ވިދާޅުވި އެވެ.

މެދު އިރުމަތީގެ ބޮޑެތި ބައެއް ގައުމުތަކުގެ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވީ ރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ބަދަލުވިތާ ތިން އަހަރު ވާން އުޅެނިކޮށް، 2011ގަ އެވެ. 

"އަޅުގަނޑުމެންނަށް މިކަން [އިސްލާހީ އެޖެންޑާ] ރަނގަޅަށް މެނޭޖްކުރެވުނު ނަމަ ދިވެހިރާއްޖެ ވާނެ މެދު އިރުމަތީގައި އިންގިލާބުގެ މުޒާހަރާތައް ކުރިއިރުގައި އިސްލާމީ ދުނިޔޭގައި ނަމުނާއަކަށް،" ހަސަން ވިދާޅުވި އެވެ.

މައުމޫން ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރެއްވި ޑރ. ހަސަން ސައީދު (ވ) އާއި ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް، 2008ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި

"ގައުމުތައް ބަދަލުކުރަން އެންމެ ރަނގަޅު ގޮތޭ, ޑިކްޓޭޓަޝިޕަކުން ޑިމޮކްރަސީއަށް ބަދަލުވާން އެންމެ ރަނގަޅު ގޮތަކީ މިއީއޭ. ދިވެހިރާއްޖެއަކީ މޮޑެލްއެކޭ. އެކަމަކު އެކަމެއް އަޅުގަނޑުމެންނަކަށް ނުވި."

އޭނާ ވިދާޅުވި ގޮތުގައި އެހެން ނުވީ މައުމޫންގެ އަރިހުގައި ތިއްބެވި އިސްލާހީ މަސައްކަތަށް ލޯބިކުރެއްވި ޒުވާން ބޭފުޅުންނަށް ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމުންނެވެ.  ހަސަން ސިފަކުރެއްވި ގޮތުން ނަމަ އެ މަގުން އެކަން ނުދިޔައީ ވެރިކަމުގެ އާ ޖީލެއް އުފެއްދެވުމުގެ ވިޝަން މައުމޫންގެ ނެތުމުންނެވެ.

"މައުމޫންގެ ވިޝަންއެއް އޮތް ނަމަ މައުމޫނަށް ވުރެ ރަނގަޅު ބަޔަކަށް އޭތި ހަވާލުކޮށްގެން ދެވަނަ ޖެނެރޭޝަނެއް ގެނެވޭނެ،" ހަސަން ވިދާޅުވި އެވެ.

އޭރު ހަސަންއަކީ މައުމޫންގެ ކެބިނެޓްގައި އުފެދުނު 'ނިއު މޯލްޑިވްސް' ފިކުރުގެ އެންމެ އިސް އެއް ބޭފުޅެވެ. މިއީ މައުމޫންގެ ކެބިނެޓްގައި ތިއްބެވި 'ކުރީގެ ވިސްނުމު'ގެ ބޭފުޅުން ނުވަތަ ކުރިންސުރެ މައުމޫންގެ އަރިހުގައި ގެންގުޅުއްވި ވަޒީރުންނާ ހިޔާލު ތަފާތު އަދި އެހާމެ ޒުވާން ބޭފުޅުންކޮޅެއް ވެސް މެ އެވެ. ހަސަންގެ އިތުރުން އިސްކޮށް އުޅުއްވީ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އާއި ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލެވެ.

މި ތިން ބޭފުޅުން ވެސް ފަހުން ކެބިނެޓުން އިސްތިއުފާ ދެއްވި އެވެ. ހަސަން އަމިއްލަ ގޮތުން 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ތިން ވަނައަށް ދިޔަ އެވެ. އެއީ އޭރަށް ބަލާ ނަމަ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ހަސަން ވިދާޅުވީ މައުމޫންގެ އަރިހުގައި ތިއްބެވި ޒުވާން ބޭފުޅުންނަށް އެ ފުރުސަތު ދެއްވި ނަމަ މިހާރު މި ފެންނަ ގޮތަށް ސަރުކާރު ތެރެއިން ކޮރަޕްޝަންގެ އަމަލްތައް މަދުވީސް ކަމަށެވެ.

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން ވޯޓުލައްވަނީ: ޒަމާނީ ޑިމޮކްރަސީއަށް ރާއްޖެ ހުޅުވުނީ އެމަނިކުފާނުގެ ވެރިކަމުގައި

"އެހެން ދިޔަ ނަމަ އަޅުގަނޑުމެންގެ ތެރޭގައި ވިޔާނުދާ ކަންތައް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މައުމޫން ވާދަނުކުރައްވައި އެހެން ބަޔަކަށް ފުރުސަތު ދިން ނަމަ، ކޮރަޕްޝަން ކުޑަވާނެ ކަމަށް ވިދާޅުވަނީ ކީއްވެގެންތޯ 'ދައުރު'ން ސުވާލުކުރުމުން ހަސަންގެ ޖަވާބަކީ 'ސާފުތާހިރު ބަޔަކު މައުމޫން ކައިރީގައި ތިބުން' ކަމަށެވެ.

"މައުމޫން ކައިރީގައި ތިބި ރާއްޖޭގައި އޭރު ތިބި އެންމެ އިސްލާހަށް މަސައްކަތްކުރި، އިސްލާހު ގެނައި، އިސްލާހަށް ލޯބިކުރާ ސާފުތާހިރު ބަޔަކު،" ހަސަން ވިދާޅުވި އެވެ.

"އެ ބަޔަކަށް އެކަން ހަވާލުކުރި ނަމަ އެ ބަޔަކު ވެރިކަމަށް އައިސް ވައްކަންކުރާކަށް ބޭނުމެއް ނުވާނެ."

އާ ރިޔަސީ އިންތިހާބަށް ރާއްޖެ ދަތުރުކުރަމުން ދިޔަ އިރު މައުމޫން ރައީސްކަމުގައި ހުންނަވާތާ ހަ ދައުރު ނުވަތަ 30 އަހަރު ވަނީ އެވެ. ނިއު މޯލްޑިވްސް ފިކުރުގެ މިނިސްޓަރުން ގަބޫލުކުރެއްވީ އާ ގާނޫނުއަސާސީއާ އެކު މައުމޫން ވެރިކަމުން ދުރަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

އެގޮތަށް މައުމޫން ކަންތައް ނުކުރެއްވި ނަމަވެސް ހަސަން ވިދާޅުވީ އިސްލާހީ އެޖެންޑާއަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ހުށައެޅުއްވުމެއް ކަމަށެވެ. އެއީ ވަރަށް މަދު ގައުމެއްގައި ނޫނީ ނުފެންނާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ހަގީގަތަކީ އަޅުގަނޑުމެންނަކީ ބޭރު ގައުމެއްގެ ސަގާފަތް، ގާނޫނީ ނިޒާމެއް، ހިންގުންތެރިކަމުގެ ނިޒާމެއް ވާރުތަވި ބައެއް ނޫން، ޕާކިސްތާން ކަހަލަ. އެކަމަކު އެ ގައުމުތަކަށް ވުރެ އަޅުގަނޑުމެންގެ [ޑިމޮކްރެޓިކް] މި ސިފަތައް މާ ރަނގަޅު،" ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ކަހަލަ މާޒީއެއް، އެކަހަލަ މުއްސަނދި ސަގާފަތެއް ނެތްއިރު ވެސް ވެރިކަން އަމާނާތްތެރިކަމާ އެކު ޕީސްފުލްކޮށް، ހިމޭންކަމާ އެކު ބަދަލުކޮށްގެން އޭރަކު ހުންނަ ރައީސް ސުލްހަވެރިކަމާ އެކު އެހެން ބޭފުޅަކަށް ހަވާލުކޮށްފައި [ހުރީ]." 

ކޮމެންޓް (30)

ތައްޓޭ

19 ޖޫން 2024
އެވާހަކަ ދެއްކި މީހާއަށް ނުބަލައި އޭނަ ދެއްކި ވާހަކަ ޒާތީ ނުވެ ރަގަޅަށް ކަނުލައި އަހާފި ނަމަ އެދެއްކި ވާހަކަތަކަކީ ކިހާ ބަރު ދަނެއް ހުރި ވާހަކައެއް ކަން ތިމާގެ ސިކުޑިއަށް ވިސްނޭނެ، އެދުވަހުން މިއަދަށް ގައުމު އޮތް ހާލަތު މިހާލަތައް ދާން ޖެހުނު ސަބަބު، ނަޒާހަތްތެރި ކަމަކީ ކިހާ ބޭނުން ތެރި ކަމެއްކަން، ޑރ. ޙަސަން މިވަރަށް ވެސް މިވާހަކަތައް ތިލަ ކޮށް ދެއްްވި ކަމައްޓަކައި އެމަނިކުފާނަށް ޝުކުރުވެރިވަން..
1 0

ވަކީލު

14 ޖޫން 2024
ހަސަނު ތިޔަބުނަނީ ތިމަންނާއަށް ވެރިކަން ދިންނަމަ ރަނގަޅުވީހޭ... ހުސް އަމިއްލަ އެދުމުން ފޯވެފަ ތިބި މީހުން.. މައުމޫނު އެއީ އޭގެ ބޮޑެއްް.. މަވެތިކަމާ އަމިއްލަ އެދުމާ ހުރި ޤައުމު ފުނޑާލީ... ހަސަނަކަށް ވެސް ނުުވާނެ ހަސަނު އޭޖީއަކަށް ހުރި އިރު އެ އޮފީހަށް ހަދާލި ގޮތުން އެކަން ސާފު. ހަސަނަށް މަގޭ ކުރި އިޙްތިރާމު ގެއްލުނީ އެެ ހިސާބުން
0 2

ވަޙީދުބެ

12 ޖޫން 2024
ޒަމާނީ ޑިމޮކްރެސީއޭ ކިޔައިގެން ޕާޓީސިސްޓަމް ރާއްޖެއަށް ތަޢާރަފްކުރުމަށް މައުމޫނަށް ލަފާދީގެން މިހާރުމިއޮތް ޙާލަތަށް ޤައުމު ގެންދިޔުމަށް ފުރުސަތު ހޯދައިދީފަ މިހާރު ތިދައްކަނީ ކޮންވާހަކައެއް.
0 0

ގެންބީނޯ

10 ޖޫން 2024
ހަސަން ދަންނަންއަދި އެއީ ވަރަށް ޤާބިލްމީހެއް، ފަހުންމިދިޔަ ހުރިހާ އިންތިހާބެއްގަވެސް، ވެރިކަމެއްގަވެސް ސިޔާސީ މަޤާމުތައް އޮފަރުކުރިކަންވެސް އެނގޭއެކަމަކު ހަސަން މިހާރު ގަބޫލުކިރޭ މިހާރުތިބި ސިޔާސީމީހުންނާ އެކު ގައުމަށް ރަގަޅު ދިމާއަކަށް ގެންނަން އުދަގޫވާނެކަން، ދެން މި ކޮމެންޓުކުރާ މީހުންނަށް ބުނެލަންއޮތީ ވަރަށް ގިނަފަހަރު ބޭރަން އާންމުންނަށް ސަރުކާރުން ފެންގޮތަށް ކުރާކަންކަމީ ވަރަށް މަދުމިންވަރެކޭ އެތެރޭގަ ހިންގާކަންކަން ވަރަށްވެސް ތަފާތުވާނެޔޭ، އެހެންނޫން ނަމަ މިއަދު މުއިޒްގޮސް މޯދީތަށިން ކާކަށް ނުއިންނާނެ، އެކަމް އެކަން އެހެންވާނެކަން މީގެ އެތަށް މަހެއް ކުރިންވެސް އެނގޭނެ މަދު ބަޔަކު ތިބޭނެ، އެއީ ހުރިހާ އިރެއްގަވެސް ވެރިންކަން ކުރާގޮތް!
0 0

ޣަގސހސހ

10 ޖޫން 2024
މިއަދު ތިބުނާ އާޖީލުގެ ކިތައް ވެރިކަން ފެނިއްޖެ ، ޤައުމު މުޅިންވެސް ވީ ހަލާކު ، އުފެދުނީ ނަފްރަތު ، އުފަންވީ ވަގުން ، ނިކަމެތިން ވީ ނިކަމެތި ، މައުމޫނު ޒަމާނުގައި ކަންކަން ނުލާހިކު ޚަރުދަނާ ، އަޅާފަހުރި ފިޔަވަޅުތަކުގެ ސަބަބުން ކުށްތައްވެސް މަދު
6 0

123456789

10 ޖޫން 2024
ހަސަން އެ ފާޅުކުރަނީ ހަސަންގެ އުދާސް. މައުމޫންގެ ޕޮޕިއުލާރިޓީގައި އޭނާއަށް ވެރިކަން ހަވާލުކުރިނަމަ މެދުއިރުމަތީގައިވެސް ލާމަސީލު ގައުމަކަށް ރާއްޖެ ހަދާލޫމުހޭ އެވިދާޅުވަނީ
5 1

ހަދައުރު

10 ޖޫން 2024
މައުމޫނު ކުރި އެންމެ ގޯސް ކަމަކީ 7 ވަނަ ދައުރަކަށް ކުރިމަތިލުން. 30 އަހަރު ވެރިކަން ކުރެވުނީމައި އެވަރު މަދުވެގެން އުޅުނު އެޅުމަކީ ޖާހިލުކަން.
4 3

ނަސީމު

10 ޖޫން 2024
އެވިދާޅުވާ ދުވަސް ވަރު ރަނގަޅު މަސައްކަތްތަކެއް ކުރެވި، ކުރިއެރުން ލިބުނު. އެއީ ވަރަށް ރަނގަޅު ޓީމެއް. އަދި އެޓީމުގެ ހުރި އެންމެ އިތުބާރު ހިފޭ ގޮތެއް ހުރި ގައުމިއްޔަތު އިސް ކުރި މީހަކީ ޑރ. ޙަސަން ކަމަށް ޤަބޫލު ކުރެވޭ އެމްޑީޕީ އާއި ދެކޮޅަށް ކުރި މުޒާހަރާ ތަކުގައި ވެސް އެއާޕޯޓަށް އަރަން ދިޔަ ޓީމުގައި ޑރ. ޙަސަންގެ ޓީމުން ނުދިޔަ. ވިދާޅުވި އެއީ ޤައުމުގެ އިންކަމުގެ ދޮރު އަށި ކަމަށް، ބޭރުގެ މެހުމާނުނަށް ޤައުމު ފެންނަ ހިސާބު ކަމަށް އެހެންވީމަ އެކަމެއް ނުކުރެވޭނެ ކަމަށް. އެކަމަކު އޭރުގެ އިދިކޮޅުގައި ތިބި އެހެން ހުރިހައި ބަޔަކު އެކަމަށް ވެސް ދިޔަ
7 0

އަޙުމަދު

10 ޖޫން 2024
ކޮމެންޓް ތަކަށް ބަލާލުމުން ބޮނޑަށް ފެންނަނީ ޒާތީ ގޮއްތަކެއް ހުރިކަން. ޙަސަން ގެ ވާހަކައިގެ މައުމޫނަށް ބަދު ބަހެއް ބުނަނީ އެއް ނޫން. އެހެން ހީކުރެވޭތީވެ، ކޮމެންޓްތައް މަޢުޟުޢިން ނެއްޓި ޒާތީވެވެނީ. އެދުވަސް ވަރު ވަމުން ދިޔަ ކަންތައް ރަނގަޅަށް ބަލަން ވިސްނަމުން ދިޔަމީހަކަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ. ކުއްޓި ނަޝީދު ތަންކޮޅެއް ކުރިން ވިދާޅު ޕްރެޝަރ ކުޑަކުރުވަން ތިމަންނަމެން ވިލާތުގެ ޤައުމުތަަކަށް ދިޔައިރުވެސް ހީވެޔޭ މޫނުމަތީގަ ޖަހާފާނައޭވެސް. އެތައް އަހަރަކު ވެރިކަން ކުރުމަށް ފަހު ކުރިމަތި ނުލާނެކަން ދޭހަވާގޮތަށް ވާހަކަ ދެކެވިފައި އެތެރޭގެ އޮތުން ވަރަށް ކާރި، އެހެންކަމުން ޕްރެޝަރ ކުޑަކުރަން ގޮސް ދެކެވޭ ވާހަކަ ތަކުގައިވެސް އެގޮތަށް ރާއްޖޭގެ ވަފުދުން ފާހަގަ ކޮއްފައި އޮވެދާނެ، އެހެންކަމުން އެގޮތަށް ކަންތައް ނުގޮސްފިއްޔާ ދެންޖެހޭނީ އެކެބިނެޓް ދޫކުރަން.
1 1

ޑިލޫޑެޑް

10 ޖޫން 2024
އަސްލު ބުނަން އެ އުޅެނީ ތިމަންނަ ވެރިކަމަށް އަންނަން ފުރުސަތު ދިން ނަމަ އޭ ދޯ. އަސްލު ތިމާއަށް މީހުން ވޯޓު ލާނެއޭ ހިތަށް އެރުވުން ވެސް އެއީ ހަސަން ސައީދުގެ ޑިލޫޝަނަލް ކަން.
7 4

ބާސިމް

10 ޖޫން 2024
ދަންނަވަންތޯ ތިޔަ ޙަސަންސަޢީދު ޤައުމަށް ހެޔޮއެދޭނަމަ އެންމެ ފަހަރަކު ބަލިވީމަ މިޤައުމު މިޙާލަތަށް ދާން ދޫކޮށްލާފަ ގޮސް ރަންފޮށްޓަށް ވަދެ ތިހެން ނުއޮތީސް! މިއަދަކު ދިވެހި ޤައުމެއްވާ ނެތް! މިހާރު ހިތަށް އަރާ މައުމޫނު ހަމަ މޮޅީއޭ މައުމޫނު ކަހަލަ ވެރިއެއް ނުފެނުން އަހަރުމެންނަކަށް! ހީ އިޒް ސޯ ހަރުދަނާ! މިހާރުވެސް މިޤައުމުގަ މީހަކަށް ވާކަހަލަ މީހަކު އުފެދިފަ ހުންނާނީ މައުމޫނުގެ ބިނާކުރުން އެއީ! ވިޝް މައުމޫން ބެކް އެގެއިން!
6 6

ސުނާރު

9 ޖޫން 2024
ރަނގަޅު ވާހަކަތަކެއްނޫން. އެކަމަކުވެސް ހަގީގަތަކީ މައުމޫނު ވެރިކަމުން ނުފައިބަންވެގެން ގަދަހެދީމާ އެހިފި ހިފީނުން ގޮސް ވެރިކަމުގެ ކަރާމަތާއި ވަތަނިއްޔަތާއި އިސްތިޣުލާލު ދިޔައީ އިރައިގެން، މީންޒަމާނަކު ރަނގަޅުވާން ނެތްފަދަޔަކުން ! އެހެން ނަމަ މިގައުމު މިދުވަސްތަކެއް ނުދެކޭނެ، އެކަމު ހަސަނުގެ ވާހަކަތަކުން ހީވަނީ ހަސަނަށް ވެރިކަން ހިބައިން ނުދިނީމަ ވީގޮތެކޭ.
6 3

ބަންސުވާ

9 ޖޫން 2024
މައުމޫނު ހަލާކުކޮށްލީ ތި ނިޔުމޯލްޑީވްސްއެއް އެތަނަށް ވަދެގެން. މައުމޫނަކީ ޑިކްޓޭޓަރެއްނަމަ އިންތިޚާބުން ބަލިވުމުން މޮޅުވިމީހާޔާ ވެރިކަން ހަވާލެއް ނުކުރާނެ. ހަގީގަތުގައިވެސް މައުމޫނު އުޅުނީ އިސްލާހް ގެންނަން. ވެރިކަން ބޭނުންވެގެން އެއިސްލާހުތަކުގައި ކޮޅުފައިންޖެހީ ތިތިން މީހުން.
6 5

އަޅި އަލީ

9 ޖޫން 2024
މައުމޫނު ތިބޭފުޅުންނަށް ޖާގަ ދިންނަމަ މިގައުމު ފުނޑާލީސް! މިވަރުވެސް ނުވާނެ! ޖަމީލު އެއުޅެނީނު އެއުޅިއެއް މިއުޅިއެއް ނުވެ. އެހެން ގައުމުވެސް އުޅޭނީ! ޝުކުރިއްޔާ މައުމޫން!
14 3

ޞަބުލްޓީ

9 ޖޫން 2024
ރޮވިއްޖެ. ހަސަން މެން ނަށް ވެރިކަން ލިބުންނަމަ ދޯ މައުމޫން އެހެން ހެދީތަ ހަސަންމެނަށް
1 1

ހަސަނު

9 ޖޫން 2024
އަސްލު އެބުނަނީ ވޯޓަކައްނުގޮސް ހަސަން މެނަކަލަ ބޭފުޅުންނާއި ވެރިކަން ހަވާލުކުރެއްވިނަމަ ރަނގަޅުވީސް ކަމަށެވެ. އެހެންނަ ތިޔަ ކޮރަޕްޝަން އެއްގޮތަކަށް ނުފެންނާނެ އެވެ.
7 4

ދީމާ

9 ޖޫން 2024
އެއްފަހަރު ނުހޮވުނީމަ ދިޔައީ ބޮޑާ ހާކާފަ. ދެން މިވަރުގެ މިހުން ކިހިނެއް ޗާންސްގެ ބޭނުންކުރާނީ!
8 2

ޙުސޭން

9 ޖޫން 2024
ޙަސަނާ ޖަމީލުމެން ފަދަ ކަމަށް ޤާބިލް ނޫން މީހުނަށް ވަޒީރުން ފެނަވަރުގެ މަޤާމް ދިނުން އެއީ މައުމޫން ހެއްދެވި އެންމެ ބޮޑު ގޯހަކީ. އަދި ތައުލީމަކުން އެކަނި ނުފުދޭ. ނުފުދޭކަން އެނގެން މިއޮތީ. ޙަސަން މެންނާ ހެދި މި ޤައުމުގެ އަބުރާ ޢިއްޒަތް މިއޮތީ ވެއްުޔާ މޮޑެވިފަ. ސައިޒުގެ ގޮތުން ކުޑަޔަސް މި ޤައުމަކީ ބޮޑެތި ޤައުމުތަކުގެ ވެރިންވެސް އިޙްތިރާމްކޮށް ޤަދަރު ކުރި ޤައުމެއް. މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ހަދާފަހުރި ރިޔާސީ ގަނޑުވަރުވެސް ފެނުމުން ހަސަނުގެ ހިތް ހަސަދައިން ފުރި އެތަންވެސް މިއަދު އެހެރީ އެންމެ ފަހުން ދުވަސް ދުއްވާލާފަ. ވަރަށް ސަކަރާތް ބައިގަޑެއްތީ. އަދި މިހާތަނަށް ވެސް މައުމޫން ކޮށްދިން ކަމެއް މިޤައުމުގެ ފެންނަން މިއޮތީ
16 3

ބިސްބުރި

9 ޖޫން 2024
2008 ގަ މަ ވޯޓު ދިނީ ހަސަން ސައީދަސް ފުރަތަމަ. އެކަމަކު ދެން އަންނި. އަންނިވެސް އައިސް ކުރަން ފެށި ވަރަށް ގިނަ ކަންކަން ރަނގަޅު. އެކަމަކު މާގަރެޓް ތެޗާ ކިޔާ ޖިންނިއެއް އަވަލާފަ ހުރީމަ ކަޑަ ކަންކަންވެސް ކުރި.
8 2

ހަސަންބެ

9 ޖޫން 2024
ތިޔަ ކުދިން ތުއްތު އިރު އިނގިލިކުރީގައި ހިފައިގެން ސިޔާސީ ދާއިރާއަށް ނެރެދިނީ މައުމޫނު އިނގޭތޯ. ފުރުސަތުވެސް ދިން، މަގާމުވެސް ދިން، އެހީތެރިކަންވެސް ދިން. އެންމެން ދަންނަ ކަމެއް އެއީ. ބަލަ ހަސަނު އަމިއްލައަށްނޫންތަ އިއުލާނުކުރީ ސިޔާސީ ދާއިރާގައި 10 އަހަރު އުޅުމުންވެސް ކާމިޔާބެއް ނުލިބުނޭ އެހެންވީމައި ދެން އެކަމުން ދުރަށް ދަނީއޭ. މިހާރު ކުއްލިއަކަށް މައުމޫނޭ ކިޔައިގެން ތިޔަ ފާޅުވަނީ ކޮންމެވެސް ކަންތައްގަނޑެއް ހިންގާލަންކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. އެފުރުސަތު ދެން ހަސަނާ ޖަމީލުފަދަ ފޭލިއަރުންނަށް ދިވެހީން ދީފާނެހެނެއް ހިއެއްނުވޭ. މިހުރިހާ ދުވަހުވެސް އުޅުނު ތަނެއްގައި މަޑުން ހުރުން ބުއްދިވެރި
13 10

އައި

9 ޖޫން 2024
ޙަސަންމެން ކަހަލަ ގާބިލްމީހުންނަށް ފުރުސަތު ދޭންޖެހޭ. އެއިރުން މިއައްވުރެ ކުރިއަށްޖެހޭނެ.
13 16

ފިނިފެންމާ

9 ޖޫން 2024
އޭރު މައުމޫން ކައިރީގައި ތިބި މީހުން ނިތްކުރީގަ ޖަހާފަ އޮތްނަމަތާ އެނގޭނީ އެއީ ކިހާވަރެއްގަ ކޮންބައެއްކަން. ފެންނަން ހުރި ހަގީގަތަކީ އެއީ ހިތްވަރެެއް، އިޚްލާސްތެރިކަމެއްނެތް ބޮޑާކަމާ ކިބުރުވެރި ބައެއްކަން. ނަތީޖާ އަކީ ސިޔާސީ މައިދާނުން ބާކީވުން!
13 9

ލާމު

9 ޖޫން 2024
އެބުނީ ތިމަންނައަށް ފުރުސަތު ނުދިނީމައޭ މިހެންމިވަނީ. ތިމަންނައޭ އެކަހަލަ މީހަކަށް އޭރުހުރީ. ސާފުވެއްޖެ.
8 4

އަފީފާ

9 ޖޫން 2024
މައުމުނު ފުރުސަތު ދޭ ބައެއްތަ ރައްޔިތުން ހޮވަން ޖެހޭނީ. ޕިސްފުލް ކޮށް ވެރިކަން ބަދަލު ކުރީ ފެބްރުއަރީ 7 ގަ އެދުވަހު ފެނުނު ފުލުސް އޮފީސް ތެރޭގައި ތިބި ޒުވާނުން ބައްދަމުން އޮލުލަމުން ދޮން ދެމުން ޕިސްފުލް ވަނިކޮށް. ލަދުން ބޯ ހަލާކު.
7 1

އައިޝާ

9 ޖޫން 2024
ބަލަ މައޮމޫނު އެކޮޔާއި ބ ޖަމީލަށް ފުރުސަތު ނުދޭތޯ؟ މައޮމޫނު އެކޮޔެމެނަށް ފުރުސަތު ދިނަސް ރައްޔިތުން ކުރިމަތީ ބުރަދަން ދައްކާ ނުލެވުމުން ރައްޔިތުން ސަލާމް ބުނީ މައޮމޫން ކީއްތޯ ކުރާނީ.؟
11 6

ކިލަމަންޑާ

9 ޖޫން 2024
މިއީ ޓެސްޓުކުރަން ޖެހޭ މީހެއް. ރައީސްކަމަށް
15 14

ޟަލަކާ

9 ޖޫން 2024
@ކިލަމަންޑާ ވަގުތު ފާޢިތުވެއްޖެ
9 6

ޚައްދަ

9 ޖޫން 2024
@ކިލަމަންޑާ ދިވެހިން އެ ފުރުސަތު ނުދިނީތާ! ދިވެހިންނަށް ކަމުދަނީ އަޑުގަދަ މީހާ، ވަގުތީ ފައިދާ
11 1

އަފީފާ

9 ޖޫން 2024
@ކިލަމަންޑާ ކުރިންވެސް ކުރި. އެކަމަކު ނޮހޮވުނެއްނުން. މަވެސް ބޭނުން ތިކަން ވޭތޮ ބަލަން.
7 1

ފިކުރު

9 ޖޫން 2024
@ކިލަމަންޑާ % ތާއީދު! ހަސަނަށް ފުރުސަތު ނުދެވުނީތީ ހަމަަ ގައިމުވެސް އަހަރެން ހިތާމަކުރަން! ނަމޫނާ އިޚްލާސްތެރިއެއް!
9 8

އިތުރު އާޓިކަލް

އިތުރު އާޓިކަލް