މޫސާ ލަތީފް

އެޑިޓަރު

ހއ. ދިއްދުއަށް އުފަން މޫސާ ލަތީފް ނޫސްވެރިކަމުގެ ތެރެއަށް، ވަޒީފާއެއްގެ ގޮތުގައި، ވަނީ 1989 ގައި، އޭރުގެ 'ހަވީރު'އަށެވެ. އޭނާ ވަނީ 'ހަވީރު'ގެ ރިޕޯޓަރުގެ މަގާމުން ފެށިގެން އެޑިޓަރުގެ ޒިންމާ ވެސް އުފުލައިފަ އެވެ. ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމާއި، ނޫސްވެރިކަމުގެ ރަން ޔޫބީލް އަހަރުގެ 'ރިހި' ގަލަމާއި، ނޫސްވެރިކަމުގެ 'އަލިމަސް ޔޫބީލް'ގެ އެވޯޑް ވަނީ ލިބިފަ އެވެ. މެލޭޝިއާގެ ލިމްކޮކް ވިން ޔުނިވަސިޓީން މާސް ކޮމިޔުކޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނަގާފައިވާ ލިއުންތެރިޔާ، ތަފާތު އެކި މައުލޫއުތަކަށް ލިއުމުގެ އިތުރުން، ފޮތާއި ވާހަކަ ވެސް ނެރެފައިވެ އެވެ. 'ދައުރު' އުފައްދަން މަގާމުން އިސްތިއުފާ ދެންދެން ހުރީ 'މިހާރު'ގެ އެޑިޓަރުގެ މަގާމުގަ އެވެ.

1.6M

ކިޔާވާފައިވާ އަދަދު

452

އާޓިކަލްސް

1.1K

ކޮމެންޓް