ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ސިމްޑީން އިއްޔެ ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތް. (ފޮޓޯ/ސިމްޑީ)
ސިމްޑީން ތިމާވެށީގެ ދުވަސް ފާހަގަކުރަން ގަސް އިންދައިފި
އިއްޔެ ފާހަގަކުރި ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭ ކޮމިޔުނިޓީ އެލަޔަންސްއާ ގުޅިގެން ސިމްޑީން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހުޅުމާލޭ ފޭސް ދޭއްގެ ބީޗު ސަރަހައްދުގަ އެވެ.
އެ ހަރަކާތުގައި ސިމްޑީ ގުރޫޕުގެ މުވައްޒަފުންނާއި ސްކޫލު ދަރިވަރުންގެ އިތުރުން ހުޅުމާލޭގެ އާންމުންނާއި ޖަމްއިއްޔާއި ޖަމާއަތްތަކުން ބައިވެރިވި އެވެ.
ތަފްސީލް - ސިމްޑީން ބުނީ، އެ ކުންފުނިން ހުޅުމާލޭ ކޮމިޔުނިޓީ އެލަޔަންސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތަކީ ކުރިއަށް އޮތް ފަސް އަަހަރު ތެރޭ ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުންދީ އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އިއްޔެ ޖުމްލަ 600 ގަސް އިންދާފައިވާ ކަމަށް ވެސް ސިމްޑީން ބުންޏެވެ.