އުނގޫފާރުގައި އިއްޔެ ކަރަންޓް އައި ފެންގަނޑު: އެ ފެންގަނޑަށް ކަރަންޓް އައީ ހޮޅިދަނޑިއަކަށް އަޅާފައި އޮތް ކަރަންޓް ކޭބަލަކުން

އުނގޫފާރު

އުނގޫފާރުގައި ދެ ކުދިން ކަރަންޓްގައި ޖެހުނު ހާދިސާ: އެކުދިން ސަލާމަތް ކުރަން ދިޔަ ޒުވާނާގެ ހާލު ސީރިއަސް

ކަރަންޓް އައިސް އޮތް ފެންގަނޑަށް އެރުނު ދެ ކުދިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި

ރ. އުނގޫފާރު މަގެއްގައި އޮތް ފެންގަނޑަކަށް ކަަރަންޓް އައުމުން ދެ ކުއްޖަކު ސަލާމަތް ކުރަން ދިޔަ ޒުވާނާގެ ހާލު ސީރިއަސް ކަމަށް އެ ރަށު ރީޖަނަލް ހޮސްޕިޓަލުން މިަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މޫސުން ގޯސް މި ދުވަސްވަރުގައި އުނގޫފާރަށް ވެސް އިއްޔެ ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ހެދުނެވެ. އޭގެ ތެރެއިން ފެންގަނޑަކަށް ކަރަންޓް އައީ އެތަނުގައި ހުރި ހޮޅިދަނޑިއަކަށް ގުޅާފައި ހުރި ކޭބަލަކުންނެވެ. އޭރު އެ ފެންގަނޑުގައި ދެ ކުއްޖަކު ކުޅެން އުޅުނެވެ. 

މި ހާދިސާގައި:

  • ފުރަތަމަ ކަރަންޓް ޖެހުނު އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖާ އާއި އުމުރުން 12 އަހަަރުގެ އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން

  • އޭގެ އިތުރުން ކަރަންޓްގައި ޖެހުނު އުމުރުން 18 އަހަރުގެ ޒުވާނަކު ވެސް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރި 

ތަފްސީލު - ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް މިއަދު 'ދައުރު'އަށް ވިދާޅުވީ ފަރުވާއަަށް ފަހު، ކުޑަ ދެ ކުދިން އިއްޔެ ހަވީރު ހޮސްޕިޓަލުން ދޫކޮށްލި ކަމަށެވެ. އެކަމަކު 18 އަހަރުގެ ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން އެނގިފައިވާ ގޮތުން އެ ޒުވާނާއަށް މި ހާދިސާ ހިނގި މަންޒަރު ފެނި، އޭނާ ހޭނެތުނީ އެވެ. ނަމަވެސް ފަޒީލު ވިދާޅުވީ އެއީ ދެ ކުދިން ސަލާމަތް ކުރަން އެ ފެންގަނޑަށް އެރުނު ޒުވާނާ ކަމަށެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފަޒީލް ވިދާޅުވީ:

  • ފުރަތަމަ ކަރަންޓްގައި ޖެހުނީ އެ ފެންގަނޑު ތެރޭ ބައިސްކަލް ދުއްވަން އުޅުނު އަށް އަހަރުގެ ފިރިހެން ކުއްޖާއަށް؛ އެއާ އެކު ބައިސްކަލާ އެކު އެ ކުއްޖާ ފެންގަނޑު ތެރެއަށް ވެއްޓުނު

  • އެ މަންޒަރު ފެނި 12 އަހަރުގެ އަންހެން ކުއްޖާ ދިޔައީ ފިރިހެން ކުއްޖާ ސަލާމަތް ކުރަން

  • ފިރިހެން ކުއްޖާ ގައިގައި އަތްލުމާ އެކު ކަރަންޓް އައުމުން ފެންގަނޑުން ބޭރަށް ފައި އަޅައި ފަހަތަށް ޖެހުނު

"އޭރު އެ ސަރައްހަދުގައި ހުރި އެހެން އަންހަނަކު ގޮވާ އަޑަށް 18 އަހަރުގެ ޒުވާނާ އޭނާގެ ގެއިން ނުކުމެގެން ދަނީ. ގޮސް އޭނާ ބައިސްކަލުގައި ވެއްޓިފައި އޮތް ކުއްޖާ ފެންގަނޑުން ނަގަން ވެގެން އަތް ލެވުނީ ހޮޅިދަނޑީގައި. އެ ހިސާބުން އޭނާ ވެސް ކަރަންޓް ޖެހިގެން ވެއްޓުނީ،" ފަޒީލް ކިޔައިދިނެވެ.

"އޭނާ އޮތީ، އައިސީޔޫގައި. އެ ކުއްޖާގެ ހާލު ވަރަށް ކްރިޓިކަލް."

ޒުވާނާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި:

  • ޒުވާނާ އޮތީ ވަރަށް ބޮޑަށް ދުޅަވެ ސިފަ ގެއްލިފައި. އެއީ ކާކު ކަމެއް ވެސް ފުރަތަމަ ނޭނގުނު.

  • ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު 

އިތުރު އާޓިކަލް

އިތުރު އާޓިކަލް