އުނގޫފާރު. ކަރަންޓުގައި ޖެހުނު ދެ ކުއްޖަކަށް އެ ރަށުގައި ދަނީ ފަރުވާ ދެމުން (ފޮޓޯ/އުނގޫފާރު.ކޮމް)

ކުޑަކުދިން

ފެންގަނޑަށް ކަރަންޓު އައިސް، ކުޅެން ތިބި ދެކުއްޖަކަށް ސީރިއަސް އަނިޔާތަކެއް

އެ ދެ ކުޑަކުދިންނަށް މިހާރު ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން

ރ. އުނގޫފާރުގައި މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓު އައިސް، އެތަނުގައި ކުޅެން ތިބި ދެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟- ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި އުނގޫފާރަށް ވެސް މިހާރު ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެނގިފައިވާ ގޮތުގައި މިއަދު މެންދުރު އެ ކުދިން ތިބީ ވާރެއާ ތެމި، ފެންގަނޑުގައި ކުޅެންށެވެ. 

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނިގޮތުގައި:

  • ކުދިން ކުޅެން ތިބީ، މަގުމަތީ ޖަހާފައި ހުރި ބައްތިއެއް ކައިރީގައި އޮތް ފެންގަނޑެއްގައި

  • ފެންގަނޑަށް ކަރަންޓު އައީ އެ ބައްތިން

  • އެ ހާދިސާގައި އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވި؛ އެ ދެ ކުދިންނަށް ދަނީ މިހާރު ފަރުވާ ދެމުން

  • އަދި އެ މަންޒަރު ފެނި، ހޭނެތުނު 18 އަހަރުގެ ޒުވާނަކަށް ވެސް ދަނީ ފަރުވާދެމުން 

"ކުޑަދެ ކުދިންގެ ހާލު މި ވަގުތު ވަރަށް ސީރިއަސް،" ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް 'ދައުރު'އަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް