މޫސުން ގޯސްވެ ކަނޑުގަދަ ދުވަހެއްގައި މާލެ ކައިރިން ލޯންޗެއް ދަތުރުކޮށްފައި ދަނީ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

އެމްއެންޑީއެފް

ރޭގަނޑު ކަނޑުުދަތުރުފަތުރު ނުކުރަން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި

އޭގެ އިތުރުން، ދުވާލު ވަގުތުވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައި

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާތީ ރޭގަނޑު ދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން ރޭ އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާން ފަށާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން މިދިޔަ ބުދަ ދުވަހު ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އެ އިދާރާއިން އޭރު ބުނެފައި ވަނީ:

  • ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އަންނަ ހޯމަ ދުވަހަށް މި ފަސް ދުވަސް ތެރޭ ރާއްޖޭޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ

  • އެއާއެކު އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް އޮތީ ޔެލޯ އެލާޓް ނެރެފައި

  • ރޭ ދަންވަރު އެމްއެންޑީއެފްއިން ވަނީ މިކަމާ ގުޅޭ ގޮތުން ކަނޑުދަތުރު ކުރާ ފަރާޓްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރަފައި

ބުނީ ކީކޭ؟ - "ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ."

އެނގުން މުހިންމު - މެޓް އޮފީހުން މިއަދު ވަނީ، ހެނދުނު 6 އިން މެންދުރު 12އަށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރަފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް