މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު މީޑިއާތަކާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
ވީޑިއޯ ނަގައި ފަލީހަތް ކުރުން ބަލައެއްނުގަނެވޭނެ: ރައީސް
ކުށެއްގެ ނާޖައިޒު ފައިދާ ނަގާ ވީޑިއޯކޮށް އެހެން މީހުން ފަލީހަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރުކޮޅުގައި ޕިކަޕެއް ޖެހި ގެއްލުންވުމުން، ޕިކަޕް ޑްރައިވަރުގެ ދިފާއުގައި ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް އުޅުއްވާތަން ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
-
ކާރު އެކްސިޑެންޓުވުމާ އެކު މިނިސްޓަރު އިމްރާން ފުލުހަށް ގުޅުއްވިކަމަށް ވޭ
-
އިންތިހާބީ މެމްބަރު އިމްރާން އެތަނަށް ވަޑައިގެންނެވީ ފުލުހުންގެ އިންތިޒާރުގައި އެ މީހުން މަޑުކޮށްގެން ތިއްބައި
-
މަންޒަރު ވީޑިއޯކޮށް އާއްމު ކުރުމުގެ މަގްސަދަކީ އަނެއް މީހާ ބަދުނާމުކުރުން ކަމަށް އަދާލަތު ޕާޓީ އިން ބުނެފައިވޭ
ތަފްސީލް - އެ ވީޑިއޯއާ ގުޅިގެން އާންމުންގެ ހިޔާލު ދެ ބައިވެފައި ވަނިކޮށް ރައީސް މުއިއްޒު މިިއަދު ވަނީ 'އެކްސް'ގަައި ޕޯސްޓެއް ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގުސަދެއްގައި ވީޑިޔޯކޮށް އާއްމުންގެ ތެރޭ ފަލީހަތްކޮށް ހެދުމަކީ، އަހުލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ކުށެއް ކޮށްފި މީހަކާ މެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމްވެފައިވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނީ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (1)
ކިލަމަން