މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން 30 ޖޫން 2022 ގައި ރައްޔިތުންގެ މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުރީ ސަރުކާރުން ގެނައި އިސްލާހާ އެކު ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ

ނޫސްވެރިކަމުގެ މިިނިވަންކަން ހަ ދަރަޖަ ފަހަތަށް ސޮއްސާލި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަނެއްކާވެސް ހަ ދަރަޖަ ފަހަތަަށް ޖެހި ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި މިދިޔަ އަހަރު ރާއްޖެ ވަނީ 13 ދަރަޖަ ފަހަތަށް ވެއްޓި، 100ވަނާގަ އެވެ. މިއީ 'ޕްރޮބްލެމެޓިކް' ނުވަތަ ނޫސްވެރިކަން ކުރަން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ގައުމުތަކުގެ ލިސްޓަށް ރާއްޖެ ވެއްޓުމެވެ.

އޭގެ ކުރީ އަހަރު ރާއްޖެ އޮތީ 87 ވަނައިގައި 'ސެޓިސްފެކްޓްރީ' ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ހިތްހަމަޖެހޭ މިންވަރެއްގައި އޮތް ގައުމުތަކުގެ ލިސްޓުގަ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އާންމުކުރި މި އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ ކުރިއަށް ވުރެ ހަ ދަރަޖަ ފަހަތަށް ވެއްޓި، 106 ވަނާގަ އެވެ. އަދި، އެ ލިސްޓުގައި މިހާރު ރާއްޖެ ހިމަނާފައި އޮތީ 'ޑިފިކަލްޓް' ނުވަތަ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގަ އެވެ. 

ތަފްސީލް - ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖޭގެ ދަރަޖަ ވެއްޓުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލެވެ.

އެ އިސްލާހު އޮތް ގޮތުން ނޫސްވެރިން ލިޔާ ލިއުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ހިމެނެ އެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ގާނޫނު އެއްވެސް އިސްލާހެއް މިހާތަނަށް ހުށަހަޅާފައި ނުވާކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.

މި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބޭ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާކުރައްވަން އޮތީ މި މަހު 28ގަ އެވެ.

އެނގުން މުހިންމު - މި އަހަރުގެ ލިސްޓުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ރަނގަޅަށް ލިިިބިފައިވާ ތިން ގައުމަކީ:

  • 1 ނޯވޭ

  • 2 ޑެންމާކު

  • 3 ސްވިޑެން

ކޮމެންޓް (3)

ހޯހޯ ނުވާނެ

3 މޭ 2024
ފުރަތަމަ ތިޔަނޫސްތަކުގަ މިނިވަން ހަޤީގަތް ހާމަކޮށްފަ ފޮނުވާ ކޮމެންޓް ވެސް ޖަހަން ނުކެރޭ ދެން ކޮންމިނިވަން ނޫސްވެރިކަމެކޭ ތިޔަގޮވަނީ؟
1 0

ސަންގު އަހުމަދު

3 މޭ 2024
ނުބައި މައުލޫމާތެެއް ތިޔައީ ބަލާބަ ނިމިދިޔަ މަޖިލިސް އިންތިޙާބުގަ މަޖިލިހައް ކިތައް ނޫސްވެރިން ހޮވުނިތޯ އަދި ސަރުކާރުގެ މަތިފަޱީގަ ސިޔާސީ މަޤާމުތަކުގަ ކިތައް ނޫސްވެރިންތިބިތޯ މިހާރު.
1 0

އަލީ

3 މޭ 2024
މިނިވަންކަމޭ ފަޅޮލޭ ކިޔާނެކަމެއް ނެތް. އިތުބާރު ކުރެވޭ ނޫސްވެރިކަމެއް ކުރާ އެކަކުވެސް ނެތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް