ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުންނާއި ޕާޓީތަކުން ކުރަމުންދާ ކެމްޕޭންގައި، މާލޭގައި ހަރުކޮށްފައިވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭން ޕޯސްޓަރާއި ބިލްބޯޑްތައް.

މޫސުން

އަނެއްކާ ވެސް ރެކޯޑެއް، ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 48 ޑިގްރީއަށް

މިދިޔަ ހަފްތާގައި އެ އަދަދު 46 ޑިގްރީއަށް އަރާފައިވޭ؛ އެއީ ވެސް ރެކޯޑެއް

ކޮންމެ އަހަރެއްްގެ ވެސް އޭޕްރިލް އަދި މެއި މަހަކީ ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. ނަމަވެސް އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ހޫނުމިން އުޅެނީ އިންތިހާއަށް މަތީގައި ކަމަށް އިހުސާސްކުރެވެ އެވެ.

ހާއްސަކޮށް މާލެ ސަރަހައްދުގެ 'ފީލްސް ލައިކް ޓެމްޕެރޭޗާ' ނުވަތަ އިހުސާސް ކުރެވޭ ހޫނުމިން މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް މި އަހަރު އަރާފައިވެ އެވެ. މެޓު އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން.

  • މިދިޔަ ހަފްތާގައި މާލެ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން 46 ޑިގްރީއަށް އެރި؛ އެއީ ރެކޯޑް އަދަދެއް

  • މިއަދު މެެންދުރު ފަހު 2 ޖެހި އިރު އިހުސާސް ކުރެވޭ ހޫނުމިން ހުރީ 48.4 ޑިގްރީގައި

  • އެއާއެކު އަނެއްކާ ވެސް އިހުސާސް ކުރެވޭ ހޫނުމިނުގެ އާ ރެކޯޑެއް މިވަނީ ގާއިމުވެފައި

އިހުސާސް ކުރެވޭ ހޫނުމިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ހުރީ 40 ޑިގްރީ އިން މަތީގަ އެވެ. ނަމަވެސް ވައިގެ ފިނި ހޫނުމިން އުޅެނީ 32.2 ޑިގްރީ އާއި 33.6 ޑިގްރީއާ ދެމެދު އެވެ.

ވައިގެ ފިނިހޫނުމިން އާދައިގެ ވަރެއްގައި ހުރި ނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މައްޗަށްދަނީ މި ދުވަސްވަރު ވައި މަޑުވެ، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުންނެވެ. ހާއްސަކޮށް މި އަހަރަކީ އެލް ނީނޯގެ އަހަރަކަށް ވުމާ އެކު ހޫނުމިން އިހުސާސްވާ މިންވަރު އިތުރަށް ބޮޑުވާނެ އެވެ.

އިހުސާސްކުރެވޭ ހޫނުމިން މިހާ މަތިވުމުގެ ސަބަބުން ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެކަންކަން ފާހަގަކޮށް، ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިއްމެވެ. 

ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް: 

  • ވަރުދެރަވުން އަދި ހޭނެތުން

  • އަކުނިވަޔަށްދެމުން

  • ބޮލުގައި ރިއްސާ ބޯއެނބުރުން

  • ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން

  • ލޮލަށް ލިބޭ ގެއްލުން

  • ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން

  • ގަދަޔަށް ދާހިއްލުން

  • ހޮޑުލެވުން

ވަރުދެރަވުން، ބޮލުގައި ރިއްސާ ބޯއެނބުރުން ނުވަތަ އަކުނިވަޔަށް ދެމުން ފަދަ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމެވެ.

ތުއްތު ކުދިން އުމުރުން ދުވަސްވީ މީހުން އަދި އަވީގައި މަސައްކަތް ކުރާ މީހުންނަށް މިފަދަ ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި:

  • ބޭރުގައި އުޅޭއިރު ކުޑަ އެޅުން 

  • ކުލަ މަޑު، ހަށިގަނޑު ނިވާވާ ފަދަ ހެދުން ލުން

  • ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުން

  • ގިނަ ވަގުތު އަވީގައި ހޭދަކުރާ ނަމަ އެސްޕީއެފް 15 އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން

  • ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން

  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން

  • ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުންނުކުރުން

  • އެންމެ ހޫނު ގަދަވާ ވަގުތު ބޭރަށް ނުނިކުތުން

ކޮމެންޓް (1)

profile-image-placeholder

ޙުން

11 އޭޕްރީލު 2024
ޢަދިވެސްް ގަސްކަނޑާފަަ ތާރުއަޅާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް