ޕްރޮފެސަރު ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ގާޒާއިން މިސްރަށް ނެރެން ބޭނުންވާ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އޭނާއާ ހަވާލުކުރަނީ

ގާޒާ ހަނގުރާމަ

ރާއްޖޭގައި މަސައްކަތްކުރައްވާ ފަލަސްތީންގެ އިލްމުވެރިޔާގެ އާއިލާ މިސްރަށް ގެންދަން ބޭނުންވާ ފައިސާ ހަވާލުކޮށްފި

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ އެ އާއިލާ ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަކީ އުއްމީދު ކަމަށް
8 އޭޕްރީލު 2024

ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި މަސައްކަތްކުރައްވާ ފަލަސްތީންގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ގާޒާއިން މިސްރަށް ގެންދަން ބޭނުންވާ ފައިސާ އޭނާއާ ހަވާލުކޮށްފި ކަމަށް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިއްޔެ ބުނެފި އެވެ.

އިޒްރޭލުން އަނިޔާވެރި ހަނގުރާމައެއް ކުރިއަށް ގެންދާ ގާޒާގައި ތާށިވެފައި ހުރި ކުރްދީގެ އާއިލާ މިސްރުން ނެރުމާއި ރާއްޖެ ގެނައުމުގެ ހަރަދު ވެސް ކުރަނީ އައިއޭސީންނެވެ.

އައިއޭސީން އިއްޔެ އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ ކުރްދީގެ އާއިލާ މިސްރަށް ގެންދަން ބޭނުންވާ ފައިސާ އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އުއްމީދަކީ އަދި ދުއާއަކީ ޑޮކްޓަރުގެ އާއިލާ ސަލާމަތުން ހެޔޮ ހާލުގައި ވީ އެންމެ އަވަހަކަށް ދިވެހިރާއްޖެ ގެނެވުން،" އައިއޭސީން ބުންޏެވެ.

ކުރްދީގެ އާއިލާ ދިރިއުޅެމުން އައީ ގާޒާގެ ރަފަހްގަ އެވެ. އިޒްރޭލްގެ ހަނގުރާމައިގައި އޭނާގެ ގެ ވަނީ ފުނޑުފުނޑުވެފަ އެވެ.

ގާޒާއިން މިސްރަށް ބޭރުކުރަން މީހަކަށް 10،000 ޑޮލަރު، އެކަމާ ހަވާލުވާ މިސްރުގެ އެޖެންޓުންނަށް، ދައްކަން ޖެހެ އެވެ. ކުރްދީގެ އާއިލާ ނެރެން ގާތްގަނޑަކަށް 54،000 ޑޮލަރު (832،000ރ) ހޭދަވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އައިއޭސީން އެކަމާ ބެހޭ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި މަސައްކަތްކުރައްވަމުން ގެންދަވާ ޕްރޮފެސަރު މި ވަގުތު ހުންނެވީ މިސްރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް