ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
އެންޓި ޑިފެކްޝަން ބިލު ބަލައިގަނެ، އަވަސް ކޮމިޓީއަކަށް
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން މެންބަރުކަން ގެއްލޭ ގޮތަށް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގެނެ، އެ ބިލުގެ މަސައްކަތް އަވަަސްކުރަން ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ މިދިޔަ މަހު ފަހުކޮޅު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބިލް ބަލައިގަތުމަށް ވޯޓަށް އަހައިފަ އެވެ.
ތަފްސީލު - އެ ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެ އެވެ.
އިބްތިދާއީ ބަހުސްގައި ފުނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާހިދު ހުށަހަޅުއްވާފައި ވަނީ، ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށެވެ. އެގޮތުން:
-
އެ ހުށަހެޅުން ފާސްވީ 29 މެންބަރުންގެ ތާއީދާ އެކު
-
ޕީއެންސީގެ ހަ މެންބަރުން ވޯޓު ދެއްވީ ވަގުތީ ކޮމިޓީއަކަށް ފޮނުވުމާ ދެކޮޅަށް
އެ ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމުގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުމެއް ފެނުނެވެ. ޑިމޮކްރެޓްސްގެ މެންބަރުން ބޭނުންވީ ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވާލުމަށެވެ. އަދި ޕީއެންސީން ވަގުތީ ކޮމިޓީއަކަށް ފޮނުވައިގެން އެ މަސައްކަތުގައި ބައިވެރިވުމަށް ބޭނުން ނުވުމުން، ހުރިހާ ޕާޓީއެއް ހިމަނައިގެން ކޮމިޓީ އެކުލަވާލެވޭ ގޮތެއް ނުވި އެވެ.
އެންމެ ފަހުން ފާސްވީ، އެމްޑީޕީގެ ހަތް މެންބަރުން ހިމަނައިގެން ކޮމިޓީ އެކުލަވާލުމަށެވެ. އެ ކޮމިޓީގައި ތިއްބަވަނީ:
-
1-
ބިލު ހުށަހެޅުއްވި މެންބަރު އަހްމަދު އަބްދުﷲ
-
2-
ފުނަދޫ މެންބަރު އަހްމަދު ޝާހިދު
-
3-
މަނަދޫ ދާއިރާ މެންބަރު އަހްމަދު ހާރޫން
-
4-
ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް
-
5-
ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
-
6-
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
-
7-
ދާންދޫ ދާއިރާ މެންބަރު ޔައުގޫބު