އެމްޑީޕީގެ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރޮޒައިނާ އާދަމް ވާހަކަދައްކަވަނީ(ފޮޓޯ/އެމްޑީޕީ)

މަޖިލީހުގެ %33 އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތް ހަދަން ބިލެއް ހުށަހަޅައިފި

33% އަންހެނުންނަށް ހާއްސަކުރުމުގައި އެ މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށް އެ އިސްލާހުގައި ވޭ

ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެން ނުގަތް ރޮޒައިނާ ގާނޫނު އަސާސީއަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ. 

ތަފްސީލް - ރޮޒައިނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ، ގާނޫނު އަސާސީގެ 71ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ތިން އަކުރެއް އިތުރުކުރުމަށެވެ. އެއީ:

  • (ނ) - މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން %33 ހާއްސަކުރަން ވާނީ އަންހެނުން ނަށް

  • އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެނެވެ. އަދި އެ ދާއިރާތައް ކަނޑައަޅަން ވާނީ ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށެވެ. އަދި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ އެވެ.

  • ކަނޑައަޅާ ދާއިރާތައް މި މާއްދާގެ (ނ)ގައި ބަޔާންކުރާ ކޯޓާގެ ދަށުން ތަމްސީލުވެ ނިމުމުން އަންހެނުން ދެން އިންތިހާބު ކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެ އެވެ.

އެ ބިލު ހުށަހެޅުއްވި މައިގަނޑު ބޭނުމެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވެފައި ވަނީ މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު އިތުރުކޮށް ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ހިއްސާ ބޮޑުކުރުމެވެ. އަދި ބުނެފައި ވަނީ އެ ބިލްގެ ސަބަބުން:

  • ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔާތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނޭނެ 

  • ސިޔާސީ މައިދާނުގައި އަންެހެނުންނަށް އިތުރު ފުރުސަތުތައް ހުޅުވައިދިނުން

ކޮމެންޓް (5)

އާދަނު123

2 މާރިޗު 2024
ކޮންމެހެން ގާނޫނެއް ހާދަކަށެއްނުޖެހޭ، އަންހެނުން މިހާރުވެސް ކުރިމަތިލާންވީ ކޮން %33 ބޭނުމިޔާ %50 ވެސް % ވެސް ނަގަންވީ އޭގަ ހުރަހެއްނެތް. މި ރާއްޖޭގަ އަންހެނުން ބޭނުން ދާއިރާއަކުން ކުރިޔަށް ދާން ޖާގަ އޮވޭ
0 0

ޘާނާ

2 މާރިޗު 2024
ކީއްވެތަ 33 ދެނީ… ދޭންޖެހޭނީ 50. 50:50 ހަދަންވީ.
1 0

މަންޖެ

1 މާރިޗު 2024
1) ގިރާވަރު މީހުންނަށް ޙާއްސަ ގޮނޑިއެއް. 2) ޙާއްސަ އެހީއަށް ބޭނުން ވާމީހުން ތަމްސީލުކުރާ ގޮނޑި. 3) މަސްވެރިން ތަމްސީލު ކުރާ ގޮނޑި. 4) ހިޔާ ފުލެޓް ގޮނޑި 5) ބަންގުލާދޭޝް މީހުން ތަމްސީލުކުރާ ގޮނޑި. މިހެންގޮސް ހަމަދާންވީ ނޫންތޯ. މީގެ ކުރިން ހޮވިފަވަނީ ވަކިޖިންސަކަށް ވެގެންތޯ؟
1 0

ހތިަދޫ ހުސެން

1 މާރިޗު 2024
ތާއީދު ނެތީމާ ނުހޮވޭނީ، ކޮންމެ މީހަކުވެސް ކުރިމަތިލާން ވީ، މީ ހަމަ ރޮޒޭނާ މަޖިލިހަށް ނުވަދެވިގެން ކުރާހާ ކަންތަ، ކޮބާ ލަދު. ޑެމޮކްރަސީ ގަ އޮންނަނީ މެޖޯރިޓީ ތާއީދު ލިބިގެން ހޮވެން.
0 0

ޞޮކި

1 މާރިޗު 2024
ވަކި ޖިންސަކަށް ވަކި ޚާއްސަ އުސޫލެއް އޮތުމަކީ ނަހަމަކަން ބޮޑުކުރުން އަދި ބޭއިންސާފެއް. ބައިވެރިވުމާއި ވާދަކުރުމުގަ ހަމަހަމަ ކަން އޮތީމަ ނިމުނީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް