އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ޕްރައިމަރީން ބަލިވެ މެމްބަރު ރޮޒޭނާއަށް އެމްޑީޕީ ޓިކެޓު ގެއްލިއްޖެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެ، މެމްބަރުކަން މިހާރު ވެސް ކުރައްވާ ރޮޒައިނާ އާދަމްއަށް އެ ޕާޓީގެ ޓިކެޓު ގެއްލިއްޖެ އެވެ.
ވީ ކިހިނެއް؟ - ރޮޒައިނާ ހުންނެވީ މަޖިލީހުގެ މި ދައުރުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރުގެ ގޮތުގަ އެވެ. މީގެ ކުރީ ދައުރުގައި ވެސް އެ ދާއިރާގެ މެމްބަރުކަމުގެ އިތުރުން އޭގެ ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ. ރޮޒައިނާ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާއަށެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އަހްމަދު ޝަރީފް އެވެ.
ތަފްސީލު - އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ. ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި:
މާލެ ފޮށި:
-
އަހްމަދު ހަމްޒާ - 53
-
ރޮޒައިނާ އާދަމް - 40
-
އަހްމަދު ޝަރީފް - 86
ފޭދޫ ފޮށި:
-
އަހްމަދު ހަމްޒާ - 44
-
ރޮޒައިނާ އާދަމް - 75
-
އަހްމަދު ޝަރީފް - 131
މަރަދޫފޭދޫ ފޮށި:
-
އަހްމަދު ހަމްޒާ - 109
-
ރޮޒައިނާ އާދަމް - 106
-
އަހްމަދު ޝަރީފް - 40
ޖުމްލަ
-
އަހްމަދު ހަމްޒާ - 206
-
ރޮޒައިނާ އާދަމް - 221
-
އަހްމަދު ޝަރީފް - 257