ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން ތެރެއިން (ދައުރު ފޮޓޯ/ޙުސައިން ސުނައިން

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން ލަސް ކުރާތީ މެންބަރުން ކަންބޮޑުވެއްޖެ

ރައީސްގެ ވައުދާ އެއްގޮތަށް މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގާ ގޮވާލާފައިވޭ

ފުލުހުންނާއި ސިފަިއންގެ މުސާރަ ބޮޑުކުރުން ލަސް ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މައްސަލައެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. މައްސަލަ މަޖިލީހުން ބަލައިގެންފައި ވަނީ 22 މެންބަރުންގެ ވޯޓާ އެކު އެވެ.

ތަފްސީލު - ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމައި އެކަމަށް އޮނިގަނޑެއް އެކުލާވާލި އެވެ. އެގޮތުން:

  • އޭރު މުސާރަ ބޮޑު ކުރަން ނިންމާފައި ވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މުސާރަ ބޮޑު ކުރުމަށް 

  • ނަމަވެސް މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރުން ލަސް ކުރުމަށް ނިންމާފައި؛ އެ އޮނިގަނޑު ތަންފީޒު ކުރަން ފަށާނީ މާޗްއިން ފެށިގެން ކަމަށް ސަރުކާރުން ބުނެފައިވޭ

ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މެންބަރު ހުސައިންގެ ކުއްލި މައްސަލައިގައި ވިދާޅުވީ:

  • މި މަހު ކުރީކޮޅު ތ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުގައި ކުރިއަށް އޮތް ދެ ތިން މަހަކީ އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ ހައްސާސް ދުވަސްރަކަށް ވާނެ ކަމަށް ވިދާޅުވެފައިވޭ

  • އެފަދަ އިބާރާތުން އިގްތިސާދީ ހާލަތު ބަޔާންކޮށްދެއްވާފައި ވުމަކީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް އެ މަނިކުފާނު ވެވަޑައިގެންެނެވި ވައުދު ފުއްދުން އިތުރަށް ލަސްވެގެންދާނެ ކަމެއްކަމުން، އެކަމާ އެ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް

ފުވައްމުލަކު މެދު ދާއިރާ މެންބަރު ހުސައިން މުހައްމަދު ދީދީ: ފުލުހުންގެ މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ގޮވާލައި، މައްސަލައެއް މަޖިލީހަށް އޭނާ ވަނީ ހުށަޅާފައި (ފޮޓޯ/ މަޖިލިސް)

އެ ދެ މުއައްސާސާގެ ހިދުމަތްތެރިންނަކީ ރައްޔިތުންގެ ސަލާމަތަށް ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދާ އެގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ފޮނުވާފައިވާ މުސާރައިގެ އޮނިޑަގަނޑަކީ ރައީސްގެ ވައުދާ އެއްގޮތަށް ދެގުނަ ބޮޑު މުސާރައެއް ނޫންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް