މާލޭގައި ކުރި މުޒާހަރާއެއްގައު ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން އޮނިގަނޑު އެކުލަވާލައިފި

އަންނަ ޖެނުއަރީން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނި

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފަ އެވެ.

ތަފްސީލް - މިއަދަކީ އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ފަހު ދުވަހެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރައީސްގެ ވައުދާ އެއްގޮތަށް އަންނަ ޖެނުއަރީން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލާ އެ އިދާރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ގުޅުން ހުރި ކަމެއް - ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވަނީ މީގެ ކުރިން ބަދަލު ގެނެސްފަ އެވެ.

އެނގުން މުހިންމު - މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް (1)

ފުލްސް

16 ނޮވެމްބަރު 2023
މުއިއްޒު ވަރަށް ވިސްނަން ޖެހޭ ކަމެއް. ފުލުސް އޮފީހުގަ މި ދިޔަ ފަސް އަހަރު ހަމީދާ ރިޔާޒާ މަންނާނު ވެގެން މި މީހުންގެ ގާތް މީހުނަށް ޕްރޮމޯޝަންތަކުގެ ފުރުސަތާ ޓްރޭނިންތައް ދީގެން ގެންގުޅުނީ. ބައެއް ޑިޕާޓްމަންޓު ތަކުގައި ހުރިހާ ޓްރޭނިންގެއް ހައްދުވާފަ ހުރީ އެކަކު. ދެން އަންނަ ސީޕީ އަކަށްވެސް މި މީހުން ނުލާ ނޫޅެވޭ ވަރު ކޮށްފަ. އެކަމަކު މި މީހުންގެ ލޯޔަލްޓީ އަދިވެސް އޮންނާނީ ކުރީގެ ވެރިންނަށް. ވަރަށް ނުރައްކާ ކަމެއް ވަރަށް ވިސްނުން ތެރި ކަމާ އެކު ކުރިޔަށް ދިޔުމަށް ނަސޭހަތްތެރިވަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް