ރައީސް މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ (ފޮޓޯ/މަޖިލިސް)

ރިޔާސީ ބަޔާން

ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނު އިސްލާހު ކުރަނީ

އެ ބިލު މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި؛ މި ދައުރު ނިމޭނީ އަންނަ އެޕްރީލް މަހަށް

ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަކަށް ޖަލުގައި ބަންދުކޮށްފައި ތިބޭ ތިބުން ނުވަތަ 'ވާނުވާ' ބަންދު ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނުގެ ރިޔާސީ ވައުދުތަކުގައި ވެސް ހިމެނޭ މިކަން ކުރުމުގެ މަސައްކަތް ފެށިކަން ރައީސް އިއުލާން ކުރެއްވީ މިއަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ބުނީ ކީކޭ؟ - "ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުގެތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

ތަފްސީލު - ވަނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ފެށިކަން އިއުލާން ކުރުމުގެ ކުރިން ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށެވެ.

"ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖުތަމައަށް ގެނައުން [ސަރުކާރުގެ ސިޔާސަތަކީ]. ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކުރުން. ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާ އެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުން،" މި ސަރުކާރުގެ ސިޔާސަތު ހާމަކޮށް އެ މަނިކުފާނު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރިޔާސި ބަޔާން އިއްވަވަން މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން (ފޮޓޯ/މަޖިލިސް)

އެއާއެކު އިއުލާން ކުރެއްވީ، ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ އިސްލާހުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ނުދެއްވަ އެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި މި ދަައުރުގައި މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބައެއް ބިލުތައްވެ ސް ވިދާޅުވެ ދެއްވި އެވެ. އޭގެ އިތުރުން ދެން ހިމެނެނީ:

  • ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ބަދަލު ކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު

  • ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ބިލު

  • ޕްރިވެންޓިވް ހެލްތް ކެއާ ބިލު

  • ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލު

  • ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލު

  • ޓްރެވެލް އެޖެންސީއާބެހޭ ބިލު 

  • ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލު

  • އަރބަން ޕްލޭނިންއާ ބެހޭ ބިލް 

  •  އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލު

  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލު

  • ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލު ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލު

  • ކޮޕީރައިޓާ ގުޅޭ ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު

ފަސް މަންޒަރު - ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ފެށިއިރު، މިދިޔަ ހަތަރު އަހަރު ތެރޭ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވެސް އަދި ކުރީގެ ސަރުކާރުން ވެސް މިކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ކޯޓުތަކުގެ މައްސަލަތަކުގެ ބެކްކޮލޮގް ވެސް ބޮޑުވެ، މި މައްސަލައަށް އެދެވޭ ހަލެއް އައިސްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް