ކުރީގެ ގުރައިދޫ ދާއިރާ މެންބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މެންބަރުކަމުގައި ހުންނެވިއިރު މަޖިލިހުގެ ޖަލްސާއެއްގައި (ޮޓޯ/ މަޖިލިސް)

ރާއްޖެ-އިންޑިއާ

އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލައިގައި ގައްސާން މަޖިލީހަށް ހާޒިރު ކުރަނީ

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިންޑިއާއާ ގާތް ސިޔަސަތުތަކެއް ގެންގުޅޭ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް

އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ސުވާލު ކުރުމަށް އޭނާ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއީ 'ދިވެހިން އިންތިހާއަށް ކަންބޮޑުވެ ބިރުގެންފައިވާ ކަމެއް' ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ތަފްސީލު - މަޖިލިސް ގަވައިދުގެ 76 ވަނަ މާއްދާގެ ދަށުން ހަސަން ލަތީފް ހުށަހެޅުއްވީ، ގައްސާން މަޖިލހަށް ހާޒިރުކޮށް މައިގަނޑު ތިން ސުވާލެއްގެ ޖަވާބު ހޯދުމަށެވެ. އެއީ:

  • މިކަން ހިނގާފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައި ކަން ނުވަތަ އެ ސަރަހައްދުން ބޭރުގައި ކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯ؟

  • އެކަން ހިނގައިދިޔަ ތަފްސީލު މަޖިިލީހަށް ވިދާޅުވެދެއްވާފާނަންތޯ؟

  • އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިތޯ؟

މި ސުވާލުތަކަށް ގައްސާން ޖަވާބުދެއްވަން ހާޒިރުވާނީ ސުވާލުގެ ނޯޓިސް މަޖިލިސް ރައީސް މެދުވެރިކޮށް، ވަޒީރަށް ފޮނުއްވުމަށް ފަހު 14 ދުވަހުގެ ނޯޓިސް ހަމަވެގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޑިފެންސް މިނިސްޓްރީން މިދިޔަ ހުކުރުދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން އެ ދޯނިތަކަށް މިދިޔަ ބުދަދުވަހު އިންޑިއާގެ ކޯސްޑް ގާޑުގެ ސިފައިން އަރާފައިވަނީ، އެ މަސްވެރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދަނިކޮށެވެ. އަދި އެކަން ކޮށްފައިވަނީ ސަރުކާރަށް އެނގުމެއް ނެތި، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއިން މި އަމަލު ހިންގަން ޖެހުނު ސަބަބު ސާފުކޮށްދިނުމަށް އެދި އެ ގައުމުގެ ސަރުކާރުގައި މިދިއަ ބުރާސްފަތިދުވަހު ރަސްމީކޮށް އެދިފަ އެވެ. ނަމަވެސް ތިން ދުވަސް ވީއިރު، އިންޑިއާގެ ސަރުކާރުން ޖަވާބުދީފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް