ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުން (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މެސެޖުގައި ރައީސް އާ ކުރެއްވީ ދެ ގައުމުގެ ގުޅުމުގެ މުހިންމުކަން

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން އިންޑިއާއަށް ފޮނުވީއިރު ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނުމާ ގުޅިގެން އުފެދުނު ނުތަނަސްކަމުގައި ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފައި

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.

ބުނީ ކީކޭ؟ - އެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސް މުއިއްޒުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެ އެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައި ވެއެވެ.

މި މެސެޖު ނިންމާލައްވަމުން ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން އިންޑިއާއަށް ފޮނުވީއިރު ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނުމާ ގުޅިގެން އުފެދުނު ނުތަނަސްކަމުގައި ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް