އިންޑިއާއަށް ބަދު ބަސް ބުނެ ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން (ކ-ވ): ޝިއުނާ، މަހްޒޫމް އަދި މަލްޝާ.

ރައީސް އޮފީސް

އިންޑިއާއަށް ބަދުބަސް ބުނި 3 ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކޮށްފި

ސަސްޕެންޑް ކުރީ ޔޫތުގެ ތިން ޑެޕިއުޓީ މިނިސްޓަރުން

އިންޑިއާއަށް ބަދުބަސް ރައްދުކޮށް އެކްސްގައި ޕޯސްޓްކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންދަނިކޮށް، މިއަދު އެ ތިން ބޭފުޅުން މަގާމުން ސަސްޕެންޑްކޮށްފި އެވެ.

ސަސްޕެންޑް ކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ:

  • މަލްޝާ ޝަރީފް

  • މަރިޔަމް ޝިއުނާ (ނަންނަ)

  • އަބްދުﷲ މަހްޒޫމް މާޖިދު

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ. އެގޮތުން:

  • މަގާމުން ސަސްޕެންޑް ކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓު ކުރައްވާފައި؛ އެއާ އެކު، އެ ތިން ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން، ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ބުނެ، އިންޑިއާގެ ބައެއް ފަރާތްތަކާއި ދިވެހިން އެ ބޭފުޅުން މަގާމުން ވަކިކުރަމަށް ދިޔައީ ގޮވާލަމުން

  • ފަހުން އެ ތިން ބޭފުޅުން ވެސް ވަނީ އެ ޕޯސްޓުތައް ޑިލީޓްކުރައްވާފައި

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ބޭފުޅުންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން، ދިވެހި ސަރުކާރުން ދެކޭ ގޮތް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވާނެ

  • ސަރުކާރުގެ މަގާމުގައި ތިއްބަވައިގެން ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓްތައް ކުރެއްވި ބޭފުޅުން މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި

ވަޒީފާއިން ސަސްޕެންޑް ކުރި ބޭފުޅުންގެ ނަންތައް ހަލީލް ހާމަ ނުކުރެއްވިޔަސް، ސަރުކާރުގެ މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭގެ ތެރޭގައި ހިމެނެނީ މަލްޝާ އާއި ޝިއުނާ އަދި މަހްޒޫމް އެވެ. އިތުރު ބަޔަކު ސަސްޕެންޑް ކުރި ކަމެއް އަދި ޔަގީނެއް ނޫނެވެ.

އެ ބޭފުޅުން ސަސްޕެންޑްކޮށްފައިވާ ކިހާ މުއްދަތަކަށް އަދި މުސާރަ ހިނގާ ގޮތަށް ނުވަތަ ނޫން ކަމެއް ވެސް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް (3)

އައްލޫ

8 ޖެނުއަރީ 2024
މީއީދެން ރުޅިއަޔަސް ހަސަދަވެރިވިޔަސް މިއީދެންބޮޑުވަރު އަވައްޓެރި މިފަދަ ބޮޑު ގައުމަކާޖައްސާ. ލައިގެން މުޅިދުނިޔެއަށް ފެއްނަގޮތައް ހަޑިހުތުރުކޮތް އެއްޗެހިގޮވުމަކީދެރަހިތާމަހުރިކަމެއް ހަރުކަށިފިޔަވަޅު އަޅަންޖެހޭ މިކަންކުރިބަޔަކާދޭތެރޭ ސަރުކާރުބަދުނާމުވާގޮތައް
0 0

ހެއްވާ

7 ޖެނުއަރީ 2024
އިންޑިޔާއަަށް ބަދުބަސްބުނެ އިންޑިޔާ އައުޓު ކުރުމަށް ގޮވިމީހުންކުރެ މީހަކު ރައީސަކަށް، އަދި އެއިން ބައެއް މީހުން ކެބިނެޓުގައި އެކަމުން ބޭރުގެ ގުޅުމަށް އަސަރެއް ނުކުރޭބޭ. އިދިކޮޅުގައި ތިބޭއިރުވެސް ސިޔާސީ މަންފާ ހޯދުމަށް ކުރަންޖެހޭ ކަންތަކާ ކޮށްގެން ނުވާނެ ކަންތައްތައް ހުންނާނެއެވެ.
0 0

އިންޑިއާ

7 ޖެނުއަރީ 2024
މިއީ ހަމަ ސީދާ އިންޑިއާގެ މޯދީ އާއި ރައީސް ސޯލިހު ރާވައިގެން ކުރި ކަމެއް
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް