އިންޑިއާޔާއި އެ ގައުމުގެ ބޮޑު ވަޒީރަށް ފާޑު ވިދާޅުވި ދެ ނައިބު މިނިސްޓަރުން ކަމުގައިވާ ޝިއުނާ (ކ) އަދި މަލްޝާ (ވ) ދެން އިންޑިއާ ބޮޑުވަޒީރު މޯދީ ލަކްޝަދީބުގެ މޫދުގައި
2 ނައިބު ވަޒީރަކު އިންޑިއާއަށް މަލާމާތްކުރުން ކުށްވެރިކޮށް ވަަކިކުރަން ގޮވާލަނީ
ސަރުކާރުގެ ދެ ނައިބު މިނިސްޓަރަކު އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ މަލާމާތް ރައްދުވާ ގޮތަށް އެކްސްގައި ކުރި ޕޯސްޓު ތަކަކާ އެކު ފާޑުކިޔުން އަމާޒުވެ އެ ބޭފުޅުން މަގާމުން ވަކިކުރަން ގޮވާލާ އަޑު ގަދަވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ފަހުން އެމަނިކުފާނު ލަކްޝަދީޕަށް ކުރެއްވި ޒިޔާރަތެއްގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އެއް އާންމު ކުރައްވައިފަ އެވެ.
އެއާއެކު، އިންޑިއާގެ ބައެއް މީހުން ވަނީ، މޯދީގެ އެ ވީޑިއޯ އަކީ އިންޑިއާ މީހުން ޗުއްޓީ ހޭދަ ކުރަން ރާއްޖެ ދާން ނުޖެހޭނެ ކަމާއި ގައުމުގައި ތިބެގެން ވެސް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރެވޭނެކަން ރައްޔިތުންނަށް އަންގައިދެއްވަން އާންމު ކުރެއްވި ވީޑިއޯ އެއް ކަމަށް ބުނެފަ އެވެ.
-
މޯދީގެ ވީޑިއޯ ރީޕޯސްޓުކޮށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ވަނީ ރާއްޖެ އަކީ 'ޗައިނާގެ ޕަޕެޓު ގައުމެއް' ކަމަށް ބުނެފައި
-
މޯދީގެ ވީޑިއޯ އަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ގޮންޖެހުމެއް ކަމަށް ބުނުމާ އެކު އެކްސްގައި އުޅޭ ރާއްޖޭގެ ބައެއް ސިޔާސީ އެކްޓިވިސްޓުން ވެސް ވަނީ އޭނާއަށް ރައްދު ދޭން ފަށާފައި
ތަފްސީލް - ރައްދު ދޭން އެކްސުގައި ކުރި ޕޯސްޓްތައް ހައްދުން ނައްޓައި އަވައްޓެރި ގައުމަކާއި އެ ގައުމެއްގެ ވެރިންނާ ދިމާއަށް ކިޔަން ނުވާ ގިނަ ވާހަކަތަކެއް ވެސް ބައެއް ފަރާތްތަކުން ދައްކަން ފެށި އެވެ. އަދި ނަސްލީ ގޮތުން ވެސް އިންޑިއާގެ މީހުންނަށް ފާޑުކިޔާ ހަދަން ފެށި އެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޒުވާނުންނާ ބެހޭ ވުޒާރާގައި ނައިބުންނަށް ތިއްބަވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ރައްދުވާގޮތަށް ޓްވީޓު ކުރެއްވުމުންނެވެ.
ޝިއުނާ ކުރެއްވި ޓްވީޓު މިހާރު ޑިލީޓުކޮށްފައިވާއިރު އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރަކީ ޖޯކަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މަލްޝާ ވެސް ވަނީ މަލާމާތް ރައްދުވާ ފަދަ އިމޯޖީތައް ބޭނުންކޮށް މޯދީގެ ވީޑިއޯ އެކްސްގައި ހިއްސާކޮށްފަ އެވެ.
މައާފަށް އެދެން ޖެހޭ؛ މަގާމުން ވަކިކުރަން ޖެހޭ
އެއާ އެކު އިންޑިއާގެ ބައެއް ނޫސްތަކާއި އެ ގައުމުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް އެކަން ފާހަގަވެ އެކަން ކުރި ސަރުކާރުގެ އޮފިޝަލުން އެކަމަށް މައާފަށް އެދެން ވެސް ގޮވާލަން ފެށި އެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދައްކަވާ ވާހަކައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ގައުމަށް ހުތުރުވާގޮތަށް މަލާމާތް ރައްދުވާގޮތަށް ކަން ކުރާ ސަރުކާރުގެ އޮފިޝަލުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ބުނެ އެކްސް ގައި ދިވެހިން ވެސް އަންނަނީ ހިޔާލުފާޅުކުރަމުންނެވެ.
އިންޑިއާ-ރާއްޖެ ޓޫރިޒަމް ކޯޅުމާ އެކު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އެ ޒުވާބުގެ ތެރޭގައި އިންޑިއާ އަށް ފާޑުކިޔާ ޕްރޮޮފެޝަނަލިޒަމް އެއްފަރާތްކޮށް ދެއްކި ވާހަކައަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާ ފަދަ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއްގެ ވެރިޔަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ ކުށްވެރިކުރަން ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ އެފަދަ މީހުން ކުރާ ޓްވީޓުތަކަކީ ސަރުކާރުގެ ޕޮލިސީ ނޫންކަމުގެ ޔަގީންކަން އިންޑިއާ އަށް ދޭން ޖެހޭ ކަމަށެވެ.
If i were @MMuizzu (which i definitely am not) i would fire all persons holding official posts who attacked modi and india on social media today, they don’t have a idea the level of damage they bring to our tourism industry. Idiots paid by the people’s tax rufiyaa earned majorly…
— Hamxa S (@hamxas) January 6, 2024
އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނު ވަނީ އެކުވެރި ގައުމުތަކަށާއި އެ ގައުމުތަކުގެ ވެރިންނަށް މަލާމާތް ރައްދުވާގޮތަށް ވާހަކަ ދައްކާ ސަރުކާރުގެ އިސް އޮފިޝަލުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ފާރިސް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ކުށްވެރިކޮށް ފިޔަވަޅު ނާޅާނަމަ، އެއީ ސަރުާރުން ތާއީދު ކުރާ އަމަލުތައް ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ފާރިސްގެ ވާހަކައަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ. އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ އަދަބު އަހުލާގު ވަކި ހަމައެއްގައި ހިފަހައްޓަން ޖެހޭނެ ކަމަށް ފޮރިން ރިލޭޝަންސް ދާއިރާގެ ތަޖުރިބާކާރު ޝަހީދު ވިދާޅުވި އެވެ.
ޝިއުނާ އާއި މަލްޝާގެ ވާހަކަތަކަށް ފާޑުކިޔާ، އެކްސްގައި ދިވެއްސަކު ކުރި ޕޯސްޓެއްގައި، އެ ދެމީހުންނަކީ މިހާރު ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުން ނޫންކަން ހަނދާންކޮށްދީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭއިރު އެފަދަ މަގާމުތަކުގައި ތިބޭ މީހުންގެ އުޅުން ހުންނާނޭގޮތަށް އުޅުންތައް ބައްޓަން ކުރަން ވަނީ ގޮވާލައިފަ އެވެ.
ޔޫތު މިނިސްޓްރީގެ ދެ ނައިބުން ވަކިކުރަން ރައީސް މުހައްމަދު މުއިއްޒަށް ގޮވާލާ ގިނަ ބަޔަކު ވާހަކަ ދައްކަމުންދާއިރު އެ ދެމީހުންގެ ވާހަކަތަކުން ރާއްޖެ އަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރާމެ ދު ވިސްނާ ނުލާތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.
If i were @MMuizzu (which i definitely am not) i would fire all persons holding official posts who attacked modi and india on social media today, they don’t have a idea the level of damage they bring to our tourism industry. Idiots paid by the people’s tax rufiyaa earned majorly…
— Hamxa S (@hamxas) January 6, 2024
ޓެންޑާ ބޯޑުގެ އިސްމަގާމެއް އަދާކުރެއްވި އިސްމާއިލް ޒަރިޔަންދު ވިދާޅުވީ ދިވެހިންނަކީ ހިތްހެޔޮކަމުގެ ނަމޫނާ ބަޔެއް ކަމަށާއި ދިވެހިންނަށް ލިބިފައިވާ ރީތި ހިތްގައިމު ދޮންވެލީގެ ގޮނޑުދޮށްތަކަށް ޝުކުރުވެރިވާ ހާލު އެހެން މީހުންނަށް ނުކިއްސަރުކޮށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ.
އިސް މަގާމުތަކުގައި ތިއްބަވައިގެން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަކީ، ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ގޮތުގައި ތިބެގެން ކުރާ ކަހަލަ ޕޯސްޓުތަކަށް ނުވާނެ ކަމާއި އެއީ އާންމުންނަށް ޖަވާބުދާރީ ވާންޖެހޭނެ ވާހަކަތަކަށް ވާނެ ކަން ވެސް ބައެއް މީހުން ވަނީ ހަނދާންކޮށްދީފަ އެވެ.
When individuals represent their country, whether in an official capacity or not, they bear a responsibility to exercise caution and mindfulness in their expressions. While personal opinions are valued, they must weigh the potential repercussions of their statements, considering…
— Mohamed Firaq (@mohamedfiraq) January 6, 2024
ޓޫރިޒަމް ދާއިރާ އާ ގުޅުންހުރި ގިނަ މަސައްކަތްތަކެެއްގައި އުޅުއްވާ އިސްމާއިލް ހަމީދު (ހައިރަޒް އިއްސެ) ގެ ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ސްޓޭޓު މިނިސްޓަރުންނާއި ޑެޕިޔުޓީ މިނިސްޓަރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަަކީ ގައުމު ތަމްސީލު ކުރައްވާ މީހުން ކަމަށާއި އެފަދަ މީހުންނަކީ ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ޖެހޭ މީހުން ކަމަށެވެ.
Deputy Ministers or state ministers shouldn’t go to this level. These people holds high profile positions representing this country, and must maintain some professional ways. What a shame pic.twitter.com/uGUpPoKIsz
— Highrise Issey (@highriseissey) January 7, 2024
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު އަވައްޓެރި، އެކުވެރި އިންޑިއާ އަށާއި އެގައުމުގެ ވެރިންނަށް ފާޑުކިޔާ މަލާމާތް ކުރާތީ އެކަން ދިވެހިންގެ ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.
ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމްގައި އިންޑިއާ އަކީ މުހިއްމު މާކެޓަކަށް ވާއިރު މި ފާޑުކިޔުންތަކާއި ޒުުވާބުތައް އިތުރަށް ހޫނުވުމަކީ ދިވެހިންނަށް، ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމަށް އޭގެ ގެއްލުން ކުރިމަތިވާނެ ކަމެއް ކަން ވެސް ދަނީ ހަނދާންކޮށްދެމުންނެވެ.
އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނެތެވެ.
ކޮމެންޓް (18)
ސުން
ކޮމެންޓް
އަހި
ހަސަން
ރެއްކަބޭ
ނަސް
މުރޫ
އާދަޔާހިލާފު
ފަރު
ބޓ އަދުރޭ
އަދުރޭބޯއި
ސޭކުސްތާން
މޮހޮނު
ފައްލަކަ
ގޮހޮޑާ
އިންޑިއާ
އެމްޑީޕީ ހަލާކު
ހަސަން