ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު (ފޮޓޯ/ ރައީސް އޮފީސް)
މަރުވި ކުއްޖާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ؛ ކުއްލި ފަރުވާއަށް މާލެ ގެންނަ އުސޫލު އިސްލާހުކުރަން އަންގައިފި
ބަލިމީހުންނަށް ދޭންޖެހޭ ކުއްލި ފަރުވާ ދިނުމަށް މާލެ ގެނައުމުގައި އަމަލުކުރަމުންދާ އުސޫލު އިސްލާހު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - ކުއްލި ފަރުވާ އަށް މާލެ ގެނައުން ލަސްވެ، ބޭނުންވާ ފަރުވާ ވަގުތަށް ނުލިބުމުގެ ސަބަބުން ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ކުއްޖަކު މިއަދު ވަނީ މަރުވެފަ އެވެ.
ތަފްސީލް - އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ކުއްޖާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ:
-
މުހައްމަދު ޖާހު ހާލިދު، ގއ. ވިލިނގިލި/ ޕެންޒީއާގެ ނިޔާވި ހަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކު
-
އެ ހިތާމަވެރި ވަގުތުގައި، މަރުވި ކުއްޖާގެ މައިންބަފައިންނަށާއި އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވާ ކަމަށް
-
ޖާހުގެ ސިއްހީ ހާލު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެ ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ރައީސް އާ ހިއްސާ ކުރުމަށް އިދާރާތަކަށް މިހާރު ވަނީ އަންގަވާފައި
"މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް، ރައީސް ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ އެވެ،" ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެންދަން ޖެހޭ ހާލަތެއްގައި އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް ކަންކަން ހަމަޖައްސަން މޯލްޑިވިއަން ހިންގާ އައިލެންއޭވިއޭޝަނަސް މިހާރު އަންގާފައިވާ ކަމަށެވެ.
"ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާ އެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި އެގޮތަށް އަމަލު ކުރުމަށް އައިލެންޑް އޭވިއޭޝަނަށް ވަނީ އަންގާފައިި،" ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ގުޅުން ހުރި - ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލަައިޓު ޝެޑިއުލުން އެންމެ އިސްކަން ދޭނީ އިމަޖެންސީކޮށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލަން ކަމަށް ކަނޑައަޅާ އެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.ސ
ކޮމެންޓް (2)
ބިގް
ސަރުދާރު ދޮންމަނިކު