މޭޔަރު ކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަަކޫރު މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި

އާޒިމާގެ މައްޗަށް 1.9 މިލިއަން ރުފިޔާގެ އިތުރު ދަރަންޏެއްގެ މައްސަލައެއް

އާޒިމާގެ އެދުމުގެ މަތިން ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓް ގަތުމަށް ފަހުން ދައްކާ ގޮތަށް އޭނާއަށް 1.96 މިލިއަން ރުފިޔާގެ ލޯނެއް ދިން ނަމަވެސް ދެ ފަހަރަށް ނޯޓިސް ދިނުމުން ވެސް އާޒިމާ އެ ފައިސާ ނުދައްކާ ކަމަށް އެ ކުންފުނިން ބުނޭ
4 ޖެނުއަރީ 2024
7

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓުގެ އަގުގެ ތެރެއިން ފަހުން ދައްކާ ގޮތަށް އެ ކުންފުންޏާ އެކު އޭނާ ވެފައިވާ އެއްބަސްވުމާ އެއްގޮތަށް 1.96 މިލިއަން ރުފިޔާ ނުދައްކައިގެން އެ ފައިސާ ހޯދުމަށް ދައުވާ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓްތައް އިމާރާތްކޮށްފައިވާ 'ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް ޕވޓ ލމޓ' ކުންފުނީގެ ލޯފާމް، ޗެމާބާޒްއިން އިން އެ ކުންފުންޏާ ހަވާލާދީ 'ދައުރު'އަށް ބުނި ގޮތުގައި އާޒިމާ ބައްލަވައިގެންފައިވާ ފްލެޓުގެ އަގުގެ ތެރެއިން 1.96 މިލިއަން ރުފިޔާ ފަހުން ދައްކާ ގޮތަށް ހަމަޖައްސައި ދިން ނަމަވެސް އެ ފައިސާ ދައްކަން އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ އެ މައްސަލައިގައި މަދަނީ ދައުވާއެއް އާޒިމާގެ މައްޗަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޗެމްބާޒްއިން ބުންޏެވެ.

ތަފްސީލް - އެ ފައިސާ އެކީ ދައްކާ ހަލާސްކުރުމަށް އާޒިމާއަށް އަންގާ ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް އިން 20 މޭ 2019ގައި ފޮނުވި ސިޓީގެ ކޮޕީއެއް ޗެމްޕާޒްއިން އިން 'ދައުރު'އާ ހިއްސާކޮށްފައިވާ އިރު އެ ސިޓީގައި ބުނެފައި ވަނީ 20 ޑިސެމްބަރު 2016 ވަނަ ދުވަހު އާޒިމާ އެ ކުންފުންޏަށް ފޮނުއްވާފައިވާ ސިޓީގައި އެއްބަސްވެފައިވާ ގޮތަށް 1.96 މިލިއަން ރުފިޔާ 14 ދުވަސް ތެރޭ ދައްކާ ހަލާސްކުރުމަށް އަންގާ ކަމަށެވެ.

އާޒިމާ ފައިސާ ދެއްކުމަށް އަންގާ ޕްލެޓިނަމް ރިއަލް އެސްޓޭޓުން އޭނާއަށް ފޮނުވާފައިވާ ސިޓީ

"ފްލެޓުގެ އަގުގެ ތެރެއިން މި ކުންފުންޏަށް ފަހުން ދެއްކުމަށް، ތިޔަ ފަރާތުން 20 ޑިސެމްބަރު 2016ގައި ފޮނުވި ސިޓީގައި އެއްބަސްވެލައްވާފައިވާ ފައިސާ 1،961،315.84 ރުފިޔާ މި ސިޓީ ލިބޭ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މި ކުންފުންޏަށް ދައްކަވާ ހަލާސްކުރުން އެދެމެވެ،" ޕްލެޓިނަމް ރިއަލް އެސްޓޭޓް ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުސެއިން މުހައްމަދު ސޮއިކުރައްވާ 20 މޭ 2016ގައި އާޒިމާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

ޕްލެޓިނަމްއިން ބުނާ ފައިސާ ދެއްކުމަށް އެއްބަސްވާ ކަމަށް 2016ގައިި އާޒިމާ ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވެސް ޗެމްޕާޒްއިން އިން 'ދައުރު'އާ ހިއްސާކޮށްފައިވާ އިރު އެ ސިޓީގައި ބުނެފައި ވަނީ އޭނާ ގަންނަން އެންމެ ފުރަތަމަ ނިންމި ފްލެޓް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އޭނާ ބައްލަވާ ގަންނަވަން ނިންމާފައިވާ ފްލެޓުގެ އަގުގެ ތަފާތެއް ހުރުމުން އެ ތަފާތުވާ އަގު ސީދާ އެ ކުންފުންޏަށް ދެ އަހަރު ތެރޭ ބަހާލައިގެން ދައްކާ ގޮތަށް ހަމަޖައްސަވައި ދެއްވުމަށް އެދޭ ކަމަށެވެ.

އާޒިމާ ފައިސާ ދައްކަން އެއްބަސްވެ ޕްލެޓިނަމްއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީ

ޗެމްބާޒްއިން އިން ބުނި ގޮތުގައި އާޒިމާ އެ ސިޓީގައި އެދިފައިވާ ގޮތަށް އެ ފައިސާ ދެއްކުމުގެ ކަންކަން ހަމަޖައްސައި އެގޮތަށް އެއްބަސްވެފައިވީ ނަމަވެސް ތަކުރާރުކޮށް އެ ފައިސާ ދެއްކުމަށް އާޒިމާއަށް އެ ކުންފުނިން މުއާމަލާތްކުރި ނަމަވެސް އެ ފައިސާ ދައްކަވާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ލުމަށް ނިންމުމުގެ ކުރިން ވެސް އެކަމުގައި އާޒިމާއާ މުއާމަލާތްކުރި ނަމަވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް ވެސް ޗެމްޕާޒްއިން އިން ބުންޏެވެ.

ގުޅުން ހުރި ކަމެއް - އާޒިމާ ފްލެޓު ގަންނަން ހިންގެވި މުއާމަލާތާ ގުޅިގެން ޕްލެޓިނަމް ރިއަލް އެސްޓޭޓްގެ ފަރާތުން ވެސް އޭނާގެ އަތުން ފައިސާތަކެއް ހޯދަން ދައުވާކުރަން ނިންމައި އެ މަސައްކަތް ފަށާފައިވާ އިރު އެ ފްލެޓް ގަތުމަށް އާޒިމާ އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެންގެވި ލޯނަކަށް 4.2 މިލިއަން ރުފިޔާ ނުދައްކައިގެން އެ ފައިސާ 6 މަސް ތެރޭ ދެއްކުމަށް އޭނާގެ މައްޗަށް ވަނީ މިދިޔަ އަންގާރަ ދުވަހު ހުކުމެއް ވެސް ކޮށްފަ އެވެ.

އެޑިޓަރުގެ ނޯޓް - މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރި އިރު 'ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް ޕވޓ ލމޓ' އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އަޑުއެހުންތައް ވެސް ކުރިއަށް ދާ ކަމަށާއި އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން 9 ޖަނަވަރީ 2024ގައި އެ ކޯޓުގައި ބާއްވަން ނިންމާފައިވާ ކަމަށް ލިޔެފައި ވަނީ އެ ކުންފުނީގެ ލޯފާމް، ޗެމްބާޒްއިންގެ ފަރާތުން ކޯޓުގެ ލިޔެކިޔުންތަކެއް ކަމަށް ބުނެ މި ނޫހަށް ފޯރުކޮށްދީފައިވާ ކޯޓަށް މައްސަލަ ހުށަހެޅި ދައުވާ ފޯމާއި ކޯޓުގެ އަޑުއެހުމަށް ކިޔާފައިވާ ޗިޓުގެ ކޮޕީގެ މައްޗަށާއި އެ ލޯފާމްގެ މެނޭޖްމަންޓުގެ ފަރާތުން އެކަމުގެ ކަށަވަރުކަން އަނގަބަހުން މި ނޫހަށް ދިނުމުންނެވެ.

މި ހަބަރާ ގުޅިގެން އާޒިމާގެ ފަރާތުންނާއި އެހެން ވެސް ފަރާތްތަކުން ލިބުނު ޝަކުވާތަކާ ގުޅިގެން އެކަމުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން ޗެމްބާޒްއިން އިންނާއި މި ނޫހުން އެކަން ފަހުން އިތުރަށް ބެލުމުން އެނގިފައި ވަނީ އެ މައްސަލައިގައި ދައުވާ ކުރަން ނިންމި ނަމަވެސް އެ ދައުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަވާލުކުރި ޗެމްބާޒްއިންގެ ގާނޫނީ ވަކީލު އެ މައްސަލަ ކޯޓަށް ހުށަނާޅައި އޮތް ކަމާއި އަދި އެ މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ބުނެ އެ ލޯފާމްގެ އިސްވެރިންނާ ހަވާލުކޮށް މި ނޫހަށް ރައްދުކޮށްފައިވާ ދައުވާ ފޯމާއި މައްސަލައިގެ އަޑުއެހުމަށް ކީ ޗިޓަކީ މި ދެންނެވި ގާނޫނީ ވަކީލް އަމިއްލައަށް ތައްޔާރުކޮށްފައިވާ ފޯޖްޑް ލިޔުމެއް ކަމެވެ. އެ ގާނޫނީ ވަކީލުގެ މައްސަލަ އެ ލޯފާމުން މިހާރު ވަނީ ފުލުުހުންނާއި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ކަމުގެ މައުލޫމާތު މި ނޫހަށް ލިބިފައިވެ އެވެ.

ޗެމްބާޒްއިން އިން މި ނޫހަށް މައުލޫމާތު ދޭ ގޮތުގައި އާޒިމާ ދައްކަވަން ޖެހޭ ކަމަށް ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވަލޮޕްމަންޓް ޕވޓ ލމޓ އިން ބުނާ ފައިސާ އާޒިމާގެ އަތުން ހޯދުމަށް އޭނާއާ ދެކޮޅަށް މަދަނީ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިހާރު އެ ލޯފާމުން ގެންދަނީ ކުރަމުންނެވެ.

އެހެންކަމުން، އާޒިމާގެ 1.96 މިލިއަން ރުފިޔާގެ ދަރަނީގެ އިތުރު މައްސަލައެއް ކޯޓަށް ހުށަހަޅައި މައްސަލަ ހިނގަމުން ދާ ކަމަށް ލިޔެވިފައިވާ ހަބަރަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ވާތީ އާޒިމާ އާއި ސިވިލް ކޯޓާއި އަދި ކިޔުންތެރިންގެ ކިބައިން މި ކުށަށް މި ނޫހުން ނިހާޔަތަށް މައާފަށް އެދޭ ވާހަކަ ދަންނަވަމެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނޭ ގޮތަށް ކަންކަން ހަރުދަނާ ކުރާނޭ ކަމުގެ ކަށަވަރުކަން ވެސް އަރުވަމެވެ.

ކޮމެންޓް (7)

ރެއްކަބޭ

4 ޖެނުއަރީ 2024
އާޒިމާ އެއެދެނީ ރައްޔިތުންގެ ފަރާތުން މޭޔަރުކަމަށް އާޒީމާ ހޮވާދެއްވުމަށް. އޭރުން އާޒިމާއަށް ތިޔަ ލޯނު ދައްކާލަން އެއްވެސް އުނދަގުލެއް ނުވާނެޔޭ. މޭޔަރުކަމަށް އާދެއްވިއްޖެނަމަ މާލޭގެ ބިންތައް ވިއްކާލައިގެން ލޯނުއަދާކޮށްލެވޭނެއޭ.
6 0

ޑ999

4 ޖެނުއަރީ 2024
4.5 ގެ ލޯންއަކާ އަދި 1.9 ގެ ލޯނަކާވީމަ 6.4 މިލިޔަން.. ތިދުވަސްވަރު ތިއަގުގަ ހުންނާނީ އެޕާޓުމެންޓެއްނޫން… ޕެންޓުހައުސް އޭކިޔަންވީ.. ވަރުގަދަ އަގުބޮޑު ދިރިއުޅުމެއްގައި. ލާރިދޭނަމޭ ކިޔާފަ ނުދީ) ތިއުޅެލަނީ ހާދަ ހަޔާތްވެސް ކުޑަވީމަޔޭ ހިތަށް އަރަނީ…
8 1

އެނީ

4 ޖެނުއަރީ 2024
މި ޤަޞްދުގަ ކުރާކަމެއް . ޢާޒިމާ ރާވައިގެން. ބޭނުމަކީ ސަރުކާރު ހިންގާ ޕާޓީން ލާރި ހޯދައިގެން ދަރަނިތައް ދައްކާ ނިންމުން.
10 0

އާޒް

4 ޖެނުއަރީ 2024
ދަރަނި ބޯ އައުޓް
11 0

އަމްނާސައީދު

4 ޖެނުއަރީ 2024
މާލޭ ހުރިހާމީހުން ނުކުމެ މިކަމަނާ ހޮވާބަލަ. ޕްލީޒް
2 8

އަބޫ ވައުދު

4 ޖެނުއަރީ 2024
ޢާޒިމާ އެކިތަންތަނަށް ފައިސާ ދައްކަން އޮތް ބޮޑެތި ޢަދަދަށް ބަލާ އިރު އެކަން ކުރެވޭނެ މަގު އެކަމަނާ އަށް ފަހިކޮށްދިނުމަށްޓަކާ މާލޭގެ ރައްޔިތުން އެކަމަނާ މޭޔަރު ކަމަށް ހޮވަން ޖެހޭ. އެމަގާމު އެންމެ ހައްގުވާނީ ދަރާ ވިކިފަހުރި މީހަކަށް.
22 3

ހަސީނު

4 ޖެނުއަރީ 2024
މިއީ ދަރަނި ބޮލެއް ދޯ މޭޔަރަކަށް ވާން މިއުޅެނީ.
17 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް