'ކަނޑުވިއްކާލުމާ ދެކޮޅު ކޯލިޝަނުން' މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

އާޒިމާގެ މައްޗަށް 4.2 މިލިއަންގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފި

އާޒިމާގެ މައްޗަށް އެ ހުކުމް ކުރީ ހުޅުމާލޭ ޕްލެޓިނަލް ރެސިޑެންސުން ފްލެޓެއް ގަތުމަށް އޭނާ އިސްލާމިކް ބޭންކުން ނަގާފައިވާ އެ ލޯނަށް ފައިސާ ދައްކަވާފައި ނުވާތީ
2 ޖެނުއަރީ 2024
2

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ބޮޑު ދަރަންޏެއް ސާބިތުވެ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސިވިލް ކޯޓުގެ ގާޒީ ޒުލައިހާ ޝީޒާ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާޒިމާ ނަންގަވާފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށެވެ. އެމްއައިބީން ހުށަހެޅި މައްސަލައިގައި ކޯޓުން މިއަދު ހުކުމްކުރީ:

  • އެ ލޯނަށް އާޒިމާ ދައްކަންވަން ޖެހޭ 4.2 މިލިއަން ރުފިޔާ ދައްކަވަމުން ނުދާ ކަމަށް 

  • އެހެންވެ އެ ފައިސާ ކުރިއަށް އޮތް 6 މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައި 

  • އެ ފައިސާ ދައްކާ ނިމެންދެން އެއްބަސްވުމާ އެއްގޮތަށް އެ ފްލެޓު އެމްއައިބީގެ ރަހުނެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް ކަނޑައަޅާފައިވޭ

ތަފްސީލު - އެމްއެއިބީގެ ފަރާތުން 5 ފެބްރުއަރީ 2023ގައި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި އިރު އެ ލޯނަކީ 28 ޑިސެމްބަރު 2016ގައި އޭނާ ނަންގަވާފައިވާ ލޯނެކެވެ. އޭރު އާޒިމާ ހުންނެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގަ އެވެ.

  • އެ ލޯނަކީ އެމްއައިބީގެ އިސްލާމީ ފައިނޭންސް ފެސިލިޓީއެއް ކަމަށްވާ ޑިމިނިޝީން މުޝާރަކާ (ޑީއެމް) ޕްރޮމަޓީ ފައިސޭންސިން ފެސިލިޓީގެ ދަށުން ދޫކޮށްފައިވާ ލޯނެއް 

ހުކުމްގައިވާ ގޮތުން:

  • އެ ލޯނުގެ ޖުމްލަ އަގަކީ، 3.2 މިލިއަން ރުފިޔާ

  • އެއްބަސްވެފައިވާ އެއްގޮތަށް ފައިސާ ނުދައްކައިގެން އާޒިމާއަށް އެންމެ ފަހުގެ ނޯޓިސް ދީފައި ވަނީ 5 ޖޫން 2022ގައި

  • 2 ޖެނުއަރީ 2024ގެ ނިޔަލަށް އެ ލޯނަށް ނުދައްކާ 4.03 މިިލިއަން ރުފިޔާ ހުރި 

  • އޭގެ އިތުރުން ލޯނު ދައްކަމުން ނުދިޔުމުން ޖޫރިމަނާ ނުވަތަ ޗެރިޓީގެ ގޮތުގައި 125،499ރ. އަރާފައިވާ

އެހެކަމުން، އާޒިމާގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކަނޑައެޅީ 4.2 މިލިއަން ރުފިޔާއަކީ އާޒިމާ އެމްއައިބީއަށް ދައްކަވަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ. ހުކުމުގައިވާ ގޮތުގައި އަންނަ ޖުލައި މަހު 2ގެ ކުރިން، ކޮންމެ މަހަކަށް ޖެހޭ އަދަދު މަދު ނުވާނޭހެން ކޯޓަށް އާޒިމާ ދައްކަނަވަމުން ގެންދަވަން ޖެހެ އެވެ.

  • މަހެއްގެ މައްޗަށް 700،000ރ. އާޒިމާ ދައްކަވަން ޖެހޭނެ

ފާހަގަކޮށްލެވޭ ކަމެއް - އާޒިމާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކޯޓުން ކަނޑަޅައެޅިއިރު، މި މަހުގެ 13 ވަނަ ދުވަހު މާލެ މޭޔަރު އިންތިހާބުގެ ވޯޓުލުން އޮންނާނެ އެވެ. ނަމަވެސް މި ހުކުމް އޭނާގެ މައްޗަށް އައި ނަމަވެސް، ކެންޑިޑަސީ ބާތިލު ނުވާނެ އެވެ. 

ކޮމެންޓް (2)

ގަމީހެއް

3 ޖެނުއަރީ 2024
މިވަރު މީހަކު މިއުޅެނީ މޭޔަރު ކަމަށް އަންނަން؟ އޯ! ލޯނު ދެއްކޭނެ ގޮތެއް ހޯދަން ވެގެންދޯ
1 0

ޙުސޭނު

5 ޖެނުއަރީ 2024
@ގަމީހެއް ބަލަ ތި ކެޑިޑެންސީ ބާތިލްވާނެ ނަމަ އޭނަގެ ލޯނު އެއްޗަކަށް ހަދައިނުލާ މުޢިއްޒު ދައްްކާލަފާނެ ރައްޔިތުންގެ ޖީބުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް